Search Streamline Icon: https://streamlinehq.com

އަޅުގަނޑުމެން ސަލާމަތްވާނީ ޤައުމިއްޔަތު އިސްކޮށް އެންމެން އެއްބައިވަންތަވެގެން: މުއިއްޒު

Muizzu

އަޅުގަނޑުމެން ސަލާމަތްވާނީ ޤައުމިއްޔަތު އިސްކޮށް އެންމެން އެއްބައިވަންތަވެގެން ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެހެން ނޫންނަމަ އަޅުގަނޑުމެންގެ މިނިވަންކަމެއް ނޯންނާނެ ކަމަށާއި މިނިވަންކަން ގެއްލުވާލައި އެހެން ދީންތައް ވެސް މިތަނުގައި ފަތުރުރާނެ ކަމަށެވެ. އަދި އަމިއްލަ ބަހާއި އަމިއްލަވަންތަކަން ވެސް ގެއްލިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަޅުގަނޑުމެން މީ މާކުރީ ޒަމާނުން ފެށިގެން، އަދި މިނިވަންކަން ލިބުނު ހިސާބުންފެށިގެން މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ޤައުމެއް ކަމަށާއި އެއްވެސް ޤައުމަކުން އަޅުގަނޑުމެންގެ ދާޚިލީކަންތަކަށް އަތްގަދަކޮށް ބަސްކިޔާތަނެއް މީގެ ކުރީ ސަރުކާރު ތަކަކުން ނުފެނޭ ކަމަށެވެ.

އެހެންނަމަވެސް މިސަރުކާރުންވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައިވާ ކަމަށާއި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖޭގައި އެތިބެނީ އެ އަޅުވެތިކަމުގެ ތެރޭން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ އަޅުވެތިކަމުގައި ހެދިފައި ހުރި އެގްރިމަންޓުތައް ހާމަވެސް ކުރަން ނުކެރިގެން އުޅޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މިއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ޕީއެންސީގެ ވެރިކަމެއްގައި ހުޅުދުއްފާރަށް ކޮށްދެއްވާނެ ކަންކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވަނީ އެރަށުގެ އުފެދުން ގުޅިފައިވަނީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމާ ކަމަށާއި އެހެންވެ ސުކޫލުކުދިން އައިސް ތިބެން ދަނާލެއްގެ ޚިދުމަތް އެރަށަށް ލިބުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެގޮތުން ދަނާލެއްގެ ޚިދުމަތް އެރަށުގައި ހަމަޖައްސަވައިދެއްވާނެ ކަމަށާއި އިޤްތިޞާދީ ނަފާހޯދުމަށް ހުޅުދުއްފާރުގެ އިޙްތިޞާސްތެރޭގައި އޮންނަ ގާއުނޑޫދޫއަކީ އެރަށް ދެވިފައިވާ ފަރާތާއި ވާހަކަ ދައްކައިގެން ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން ހުޅުދުއްފާރަށް ފައިދާއާއި ނަފާލިބޭނޭ ތަނެއް ކަމުގައި ހަދައިދިނުމަށް ވަރަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީކުރުމަށް އެރަށުގެ ލޭންޑް ޔޫޒް ޕްލޭންގެ ތެރެއިން ޖާގައެއް ހަމަޖައްސަވައިދެއްވުމުން އެކަން ޕީއެންސީގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރު ފެސިލިޓީސް ރަށުގެ އާބާދީއާއި އެއްހަމަކޮށް ބަލައި އެރަށުން ޖާގަލިބޭ މިންވަރަކުން ޒުވާނުން ކުޅިވަރު ކުޅުމަށްޓަކައި އިންޑޯ އައުޓް ޑޯ ކުޅިވަރު ކޮމްޕްލެކްސް އެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *