ޕީއެންސީގެ ވެރިކަމެއްގައި ބާރާ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި ބޭއްވި ކަންމަތީ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޝަރީއަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެފަދަ ނުފޫޒެެއް ފޯރުވުމުގެ ފުރުޞަތެއް ވެސް ނުދެއްވާނެ ކަަމަށާއި އެކަހަލަކަމެއް ކުރާއެއްވެސް މީހަކު އެއްވެސް މަގާމެއްގައި ހުރެއްޖެނަމަ، އެކަން އެނގޭ ހިސާބުން އެމީހަކު ސަރުކާރު ތެރެއިން ބޭރު ކުރާނެކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ މި ގައުމުގު އިންސާފުވެރިކަން އޮތީ ގެއްލިފައި ކަމަށާއި ޖުޑީޝިއަރީ އޮތީ ފެއިލްވެފަައި ކަމަށެވެ. އަދި ޕީއެންސީގެ ސަރުކާރެއްގައި ޝަރުއީ ދާއިރާ ޖުޑީޝަރީ ވާނީ ހަގީގީ މާނައިގައި މިނިވަން ތަނަކަށް ކަމަށާއި މި ގައުމަށް މިނިވަންކަމާ ހަމަޖެހުން ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.









