Search Streamline Icon: https://streamlinehq.com

ރައީސް ޔާމީންގެ އާދޭހަކީ ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކޮށްދިނުން: މެޑަމް ފާތުން

Yameen and Madam

މި ސަރުކާރަށް އިތުރު ފުރުސަތެއް ހަނިގޮތަކަށް ވެސް ލިބިއްޖެ ނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އެކުއެކީގައި ގެއްލިގެންދާނެކަމީ ޔަޤީންކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ މަސްލަހަތު އޮންނަ، ޗެނަލް 13 މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި މެޑަމް ފާތުން ވިދާޅުވީ ޔާމީންގެ އާދޭހަކީ ރާއްޖެ އަޅުވެތިކަމަށް ދިއުމުން ސަލާމަތްކުރުމަށް އެމަނިކުފާނު އެންޑޯޒްމަންޓު ދެއްވާފައިވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއ،ި އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ވޯޓު ދެއްވުން ކަމަށެވެ.

ޔާމީން، އެކަމަނާ އާ ދިމާވާ ކޮންމެ ފަހަރަކު ވެސް ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން މިއަދު އޮތީ އެހެން ބައެއްގެ އަތްދަށުގައި ކަމަށް ވިދާޅުވާ ކަމަށާއި މިއަދު ދިވެހި ބިމުގައި، ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުން އަންނަކަމަށް ވިދާޅުވާ ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހީންގެ ދާހިލީ މައްސަލަތައް، ދިވެހީންގެ އަމިއްލަ ވިސްނުމުގައި ނިއްމުމުގެ ބާރެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މިއަދާއި ހަމައަށް ޕީޕީއެމް/ޕީއެންސީން ކުރަމުންދާ ޤައުމީ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ލޮބުވެތި ރައްޔިތުންނާއި ވޭތުވެގެން މިދާ ފަސް އަހަރު އެމަނިކުފާނަށް ލިބެމުންދާ އަނިޔާ އިން ސަލާމަތްކުރުމަށް ވަކާލާތުކުރައްވާ އިހުތިޖާޖުކުރައްވާ އެކިގޮތްގޮތުން އަނިޔާ ލިބެމުންދާ ފަރާތްތަކަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ އެންމެހާ ބޭފުޅުންނަށް އެމަނިކުފާނުގެ ހިތުގެ އިހުލާސްތެރި ޝުކުރާއ،ި ލޯބި ރައްދުކޮށްދޭން ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހީންގެ ރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ލިބުން ކަމަށާއި ރައީސް ޔާމީން ފެއްޓެވި ޤައުމީ ތަރައްޤީ އަލުން އިއާދަވުން ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ. އަދި ދިވެހީންނަށް ހައްޤު ލާޒިމް ހަޤީޤީ ބޯހިޔާވަހިކަން މުޅިރާއްޖޭގައި ޤާއިމުވުން ކަމަށާއި ޔާމީންގެ ވިޝަނަރީ އިޤްތިޞާދީ ސިޔާސަތުތައް އިއާދަވުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހީންނަކީ އިޤްތިޞާދީ ގޮތުން ފުދިފައިވާ އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިވެފައިވާ ބަޔަކަށްވުން ކަމަށް ވެސް މެޑަމް ފާތުން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *