Search Streamline Icon: https://streamlinehq.com

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ މިމަހު 8 ވަނަ ދުވަހު: އީސީ

Riyaasee inthikhaabu 2023 fenvaru

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދހުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފި އެވެ.

ރިޔާސީ އިންތިޚާބާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ރިޔާސީ އިންތިޚަބުގެ ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ނިމިފައިވާކަމުގަ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މިމަހުގެ 8 ވަނަދުވަހު މެންދުރުފަހު 3:00 ގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު 2023، ގައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބގެ ފުރަތަމަބުރާއި ދެވަނަބުރުވެސްު ކާމިޔާބުކުރެއްވީ ޕްރޮގުރެސިވްކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އަދި ޖުމްލަ ނަތީޖާ އިލެކްޝަނުންވަނީ ޢާންމުކޮށް އިޢުލާން ކޮށްފަ އެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިލައްވާފައިވާއިރު 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ދެވަބުރުގައި ވޯޓުލާން ނުކުމެފަ އެވެ.

އިލެކްޝަންއިން އާއްމުކޮށްފައިވާ ޖުމްލަ ނަތީޖާއަށް ދައްކާގޮތުގައި، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ.މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންފައިވަނީ 129159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 109868 ވޯޓެވެ. އެއީ %45.96 އެވެ.

ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19000 ހާހަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު މައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މާ ބޮޑު މައްސަލަތަކެއް ކުރިމަތި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީނަމަވެސް ބައެެއް ރަށްރަށުގައި ތަފާތު މައްސަލަތައް ވަނީ ދިމާވެފައެވެ.

މި ވޯޓަކީ ބާޠިލް ވޯޓެއް ކަމަށް ވަނީ ގުނާފަ- މިފަދަ ކިތަންމެ ވޯޓެއް ބާޠިލް ވޯޓުގެ ގޮތުގައި ގުނާފައިވާކަން ފާހަގަކުރެވޭ— ފޮޓޯ/ފެންވަރު އޮންލައިން

އެގޮތުން ވޯޓް ކަރުދާހުގައި އިތުރު މާކެއް ނުވަތަ ކުރެހުމެއް ހިމަނާފައި ހުރި ކަރުދާސް ވޯޓުލާ މީހާއަތަށް ދިނުމާއި ވޯޓް ކަރުދާހުގައި ތިކި ޖަހާފައި ހުރުމާއި ވޯޓް ފޮށި ފަޅާލުންފަދަ މައްސަލަތަަށް ވަނީ ދިމާވެފައެވެ. އަދި މި އިންތިޚާބުގެ ފުރަތަމަބުރާއި ޚިލާފަށް ދެވަނަބުރުގައި ބާޠިލް ވޯޓް ގިނަކަން ވެސް ފާހަގަކުރެވެއެވެ.

އެހެން ހުރިހައި އިންތިޚާބަކާއި ޚިލާފަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބާޠިލް ވޯޓުގެ ގޮތުގައި ގުނާފައިވާ ވޯޓަކީ ސައްޙަ ވޯޓް ކަމަށް މި އިންތިޚާބުގެ މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވަނީ ބުނެފައެވެ. އަދި މިފަދަ  ވޯޓާއި ބެހޭގޮތުން މައްސަލަ ހުށަހަޅާފައިވާކަމަށްވެސް ބައެއް މަންދޫބުން މައުލޫމާތު ދެއްވައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *