Search Streamline Icon: https://streamlinehq.com

އިންތިގާލީ ކޮމިޓީގެ ވެރިއަކަށް އަދުރޭ

Adhurey

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާއި ގުޅިގެން ވެރިކަން ބަދަލުވުމުގައި ހިނގާ ކަންކަން ކުރުމަށް ޑރ. މުއިއްޒުގެ ފަރާތުން ހަރަކާތްތެރިވާ އިންތިގާލީ ކޮމިޓީގެ ވެރިއަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ހަމަޖައްސައިފިއެވެ.

އޭނާ މިއަދު އެ މަގާމަށް ހަމަޖައްސަަވާފައިވާއިރު، އެ ކޮމިޓީގެ ފަރާތުން މިހާރު އަންނަނީ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިމެނޭ އެހެނިހެން ކޮމިޓީތަކުގެ މަސައްކަތްތައް ފަށައިގަނެވޭތޯ މަސައްކަތް ކުރަމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އަދުރޭ އެމަގާމަށް ހަމަޖެއްސިކަން އިންތިގާލީ މަރުހަލާއާއި ގުޅޭ ގާނޫނުގައިވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް މިހާރު އަންގާފައިވާ ކަމަށެވެ.

ވެރިކަން ބަދަލުވުމުގައި ހިނގާ ކަންކަމާއި މެދު މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒުއާއި އިއްޔެ ބައްދަލު ކުރައްވާފައެވެ. އަދި ރައީސް ސާލިހުގެ ފަރާތްޕުޅުން ވެސް މިހާރު ވަނީ ވެރިކަން ބަދަލުވުމުގައި ހިނގާ ކަންކަން ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ.

އެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *