Search Streamline Icon: https://streamlinehq.com

ޕިންކް ރިބަން ރަން ވޯކް އަންނަ ހޮނިހިރު ދުވަހު

Pink Ribbon Run

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު ބާއްވާ ”ޕިންކް ރިބަން ރަން ވޯކް“ އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.

ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ މި ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯރޓްސް އައުޓްލެޓް ސްޓޯރ (ހުޅުމާލެ) އިންނެވެ. އަދި މި ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެ އެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ”ޕިންކް ރިބަން ރަން ވޯކް“ ބޭއްވުމަށާއި އަދި ކެންސަރ ސްކްރީނިންގ ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *