Search Streamline Icon: https://streamlinehq.com

ޤައުމީ ތަރައްޤީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ލިބޭނެ: އދ

UAE safeeru

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

ކުރިޔަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންނެވިއެވެ.

އ.ދ. ގެ ރެސިޑެންޓް ކޯޑިނޭޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. މި ގޮތުން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ޕްލޭނަށާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައިވާ ޤައުމީ ތަރައްޤީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ތަޢުރީފުކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *