Search Streamline Icon: https://streamlinehq.com

ފަލަސްތީނު ރައްޔިތުންނަށް ނަޞްރު ދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިޔުމަށް އަންގައިފި

Namaadhu

ފަލަސްތީނު ރައްޔިތުންނަށް ނަޞްރު ދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްރާއިލުގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތް ކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާ ވެފައިވާއިރު އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 900 އަށްވުރެއް ގިނަ މީހުން ވަނީ ޝަހީދުވެފައިވެއެވެ.

ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ރާއްޖޭއިން ހުޅުވާލާފައިވާއިރު ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *