ލ. ގަމު ތުނޑީ ފުޓްސަލް ޗެލެންޖް 2023 މިހިނގާ ނޮވެމްބަރު މަހުގެ 18ގައި ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.
ގަމުގައި ބާއްވާ މި މުބާރާތަކީ ހައްދުންމަތީގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަގުޞަދުގައި ލ.ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ މުބާރާތެކެވެ.
ލ.އަތޮޅަށް ހުޅުވާލައިގެން، ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ރަށަކުން ބައިވެރިވާ ޓީމުތަކުން ހަމައެކަނި އެރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ކުޅެވޭގޮތަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި 15 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ގަން، ލަކައިދޫ، މާބައިދޫ، ހިތަދޫ އަދި ފޮނަދުއަށް ނިސްބަތްވާ ޓީމުތައް ވެސް ހިމެނެއެވެ.
ހައްދުންމަތީ އެންމެ ހުނަރުވެރި ހުރިހާ ކުޅުންތެރިން ފެނިގެންދާނެ މި މުބާރާތުގެ ގުރުއަތުލުން ބާއަވާފައިވަނީ 09 ނޮވެމްބަރު 2023 ގައި ގަމު ކައުންސިލް އިދާރާގެ ސެމިނާރ ރޫމްގައެވެ. މިމުބާރާތް ބަހާލެވިފައިވަނީ ޖުމްލަ 4 ގުރޫޕަކަށެވެ. އެއީ ގުރޫޕް އޭ، ބީ އަދި ސީ މިތިން ގުރޫޕުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު އަދި ގުރޫޕް ޑީ ގައި ތިން ޓީމެވެ. މިގޮތުން ގުރޫޕް އޭ ގައި ހިމެނެނީ އައިޑަލްސް، އެފްސީ ކިންގް، ފެނަކަ ލ. މާބައިދޫ ބުރާންޗް އަދި ޒަމާނީ ކުލަބެވެ. ގުރޫޕް ބީގައި ހިމެނެނީ ޖީޖީއެސްސީ، ފޮއެމަތި، ފޮއެމަތި ޖޫނިއާރސް އަދި އޮފްދަ ލިމިޓް އެވެ. ގުރޫޕް ސީގައި ހިމެނެނީ ޑިޓްރޮއިޓްސް، އެލްވައިއެމް އަދި ސްޕާރކް ޕްލަގުގެ އިތުރުން ކުއެންޗްއެވެ. ގުރޫޕް ޑީގައި ހިމެނެނީ އެލްވައިޑީ، ވައިއާރުޑީ، ވައިއާރުސީ އަދި ބެސްޓް އެވެ.
މިމުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 18އިން 24ގެ ނިޔަލަށްށެވެ. ތުނޑީ ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30ން 23:30އަށް ކޮންމެރެޔަކު 3 މެޗު ކުޅޭ ގޮތަށެވެ. ކުއަރޓާރ ފައިނަލަށް ދަތުރުކުރާނީ ގުރޫޕް ސްޓޭޖް ނިމޭއިރު ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުގެރޭ 21:00ގައެވެ.









