Search Streamline Icon: https://streamlinehq.com

މޯލްޑިވިއަންގެ ފްލައިޓަކާއި ވެހިކަލްއެއް ޖެހި ހިނގި އެކްސިޑެންޑެއްގައި މީހަކު ޒަޚަމްވެއްޖެ

Maldivian eccident

ފުވައްމުލަކު ސިޓީ ރަންވޭމަތިން މޯލްޑިވިއަންގެ ފްލައިޓަކާއި ވެހިކަލްއެއް ގެހި ނުރައްކައުތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ސިޓީ އެއަރޕޯޓު ރަންވޭ މަތިން މޯލްޑިވިއަންގެ ފްލައިޓަކާއި ކާގޯ އުފުލާ ވެހިކަލެއްޖެހިގެންނެވެ. މި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކުވެސް ވަނީ ޒަޚަމްވެފަ އެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:34 ހާއިރުކަމުގަ އެވެ. އަދި މި ޙާދިޞާގައި ޒަޚަމްވެފައިވަނީ ކާގޯ ވެހިކަލް ދުއްވަން އިން 24 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޙާދިސާގައި އޭނާއަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިންގ ވެހިކަލް އަކާއި މޯލްޑީވިއަންގެ ފްލައިޓެއް ޖެހިގެންނެވެ. ނަމަވެެސް މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ކާގޯ ހޭންޑްލިންގ ވެހިކަލް ފްލައިޓުން މުދާ ބޭލުމަށް ފްލައިޓާ ކައިރިކުރި ވަގުތުގައިކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ އޮފިޝަލަކާއި ޙަވާލާދެއްވައި ޕީއެސްއެމްގައި ބުނެފައިވަނީ މި ހާދިސާގައި އަނިޔާވި މީހާގެ ބަނޑު ކަފައިގެންގޮސް އެތެރެއަށް ލޭ އެޅިފައިވާކަމުގަ އެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލޭ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.

މި އެކްސިޑްންޓުގައި މޯލްޑީވިއަންގެ ފްލައިޓަށާއި ކާގޯ ވެހިކަލްއަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބައްލަވަމުން ގެންދަވާ ކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *