Search Streamline Icon: https://streamlinehq.com

ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމަށް އަލްހާން ކުރިމަތިލައްވަނީ

Alhan fahmy fenvaruonline

އެމްޑިޕީން ހުސްވެފައިވާ އެ ޕާޓީގެ ރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލްހާން ފަހުމީ ކުރިމަތިލައްވަން ގަސްތުކުރައްވާކަން ހާމަކުރައްވައިފި އެވެ.

އަލްހާން މިކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އަލްހާން ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުސްވެފައިވާ ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލާން ގަސްތުކުރައްވާ ކަމުގަ އެވެ.

ޑީއާރުޕީއާއި، އެމްޑީޕީގައި އުޅުއްވަނިކޮށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަކާއި ގުޅިގެން އަލްހާން އެމްޑީޕީން ވަކިވެގެން އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީއާއި ދުރުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު، އަލްހާން އަލުން އެމްޑީޕީއާއި ގުޅީވަޑައިގެންފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު މަހުތެރޭގަ އެވެ.

ދިވެހިރާއްޖޭގައި އުފެދުނު ގިނަ ޕާޓީތަކުގައި އުޅުއްވާފައިވާ އަލްހާން ފަހުމީ އެންމެ ފުރަތަމަ މަސައްކަތްކުރައްވާފައިވަނީ ރައީސް މަޢުމޫން އުފެއްދެވީ ޑީއާރުޕީގަ އެވެ. އެއަށްފަހު، ރައީސް ނަޝީދު އުފެއްދެވި އެމްޑީޕީއާއި، އޮނަރަބްލް ޤާސިމް އިބްރާހީމް އުފެއްދެވި ޖުމްހޫރީ ޕާޓީ، އަދި ރައީސް ޔާމީން އުފެއްދެވި ޕީޕީއެމްގައި ވެސް އަލްހާން ވަނީ މަަސައްކަތް ކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *