Search Streamline Icon: https://streamlinehq.com

މިއަދުން ފެށިގެން ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްއިން ހެދޭނެ

Minister Aishath Nahla Fenvaruonline

މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްގައިވެސް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެކެވެ.


މި އެއްބްސްވުމުގެދަށުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ތަމްރީން ހިންގުން މިއަދުން ފެށިގެން ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ގްރޭޓަރ މާލެއިން ޚިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެގުމަށް އަންގަވާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި މި ބަދަލާއިއެކު ޕޮލިޓެކްނިކްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީންވެސް އިމްތިހާން ހެދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވަ އެވެ.
ހުޅުމާލޭގައި ހުންނަ ޢުމަރު ޒާޙިރު އޮފީސް އިމާރާތަށް ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުން ބަދަލުކުރުމާއި ގުޅިގެން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ޕްރެކްޓިކަލް އިމްތިހާނު ހަދަންވެސް ދާން ޖެހޭނީ ހުޅުމާލެއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *