ލ ގަން ތުނޑީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ “ ތުނޑީ ފުޓްސަލް ޗެލެންޖް 2023″ ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ.
މި މުބާރާތުގެ ކުޅުން ފެށިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ. މިމަހުގެ 18 އިން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާ މި މުބާރާތުގައި ޖުމުލަ 15 ޓީމެއް ވާދަކުރެއެވެ.
މުބާރާތުގައި ބައިވެރިވާ 15 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުޅުން ކުރިޔަށް ގެންދާއިރު، ކޮންމެ ރެއަކުވެސް ތިން މެޗު ކުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގައި ބަވެރިވި ޓީމުތައް ގުރޫޕް ކުރެވިފައިވާ ގޮތް:
ގުރޫޕް އޭ – އައިޑްލްސް، އެފްސީ ކިންގް، ފެނަކަ މާބައިދޫ، ޒަމާނީ ކުލަބް
ގުރޫޕް ބީ: ގްރީޓް ގެނެރޭޝަން ސްޕޯޓްސް ކުލަބް (ޖީޖީ އެސްސީ)، ފޮއެމަތި، ފޮއެމަތި ޖޭއާރް، އޮފް ދި ލިމިޓް (އޯޓީއެލް)،
ގުރޫޕް ސީ : ޑިޓްރޮއިޓްސް، ލާމު ޔޫތް މޫވްމަންޓް (އެލްވައިއެމް)، ސްޕާކް ޕްލަގް، ކުއެންޗް.
ގުރޫޕް ޑީ: ލާމު ޔޫތް ޑެވެލޮޕްމަންޓް (އެލްވައިޑީ)، ޔޫތް ރިވޮލިއުޝަން ކުލަބް ( ވައިއާރުސީ)، ބީން އެންކަރޭޖިންގް ސޮސައިޓީ ފޯރ ތުނޑި (ބެސްޓް).
މުބާރާތް ކުރިއަށް ދާގޮތަށް ބަލާއިރު، ފުރަތަމަ ކުޅޭނީ މުބާރާތުގެ ގުރޫޕް މަރުހަލާގެ މެޗުތަކެވެ. އެއަށް ފަހު ގުރޫޕް މަރުހަލާގެ މެޗުތައް ކުޅެ ނިމޭއިރު، ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ ޓީމުތަކަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވާ ޓީމުތައް ކުޅޭނީ ސެމީގެ މެޗުތަކެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އަދި 26 ގައެވެ. ސެމީގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ. އަދި މުބަރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ގައެވެ.
މިހާތަނަށް އައި އިރު، މި މުބާރާތުގެ ގުރޫޕް މަރުހަލާގެ 9 މެޗެއް ވަނީ ކުޅެފައެވެ. މިހާތަނަށް ކުޅުނު މެޗުތަކާއި އެ މެޗުގެ ނަތީޖާތަކަށް ބަލާއިރު،
18 ނޮވެމްބަރު 2023
އައިޑްލްސް – އެފްސީ ކިންގް (3-7)
ޖީޖީއެސްސީ – ފޮއެމަތި (2-1)
ޑިޓްރޮއިޓްސް – ލީމް (4-0)
19 ނޮވެމްބަރު 2023
ލީޑް – ވައިއާރުސީ (2-1)
ފެނަކަ މާބައިދޫ – ޒަމާނީ ކުލަބް (14-1)
ފޮއެމަތި ޖޭއާރު – އޮފް ދި ލިމިޓް (3-2)
20 ނޮވެމްބަރު 2023
ސްޕާކް ޕްލަގް – ކްއެންޗް (4-0)
އައިޑްލްސް – ފެނަކަ މާބަައިދޫ (0-3)
ޖީޖީ އެސްސީ – ފޮއެމަތި ޖޭއާރް (1-0)
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ”ފެންވަރު އޮންލައިން“ އެވެ. ޕްރިންޓިން ޕާޓްނަރަކީ ލަފްޒް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލެޒިޒް، ފިނިތަރި، އޯސިކްސް ފިހާރަ އެވެ.













