Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023: ރޭގެ މެޗުތަކުން ސްޕާކް ޕްލަގް، ޖީޖީއެސްސީ އަދި ފެނަކަ މާބައިދޫ މޮޅުވެއްޖެ

Presentation2

ލާމު ގަން ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ތުނޑީ އަވަށުގައި ކުރިއަށް ދާ ”ތުނޑީ ފުޓްސަލް ޗެލެންޖް 2023“ ކުޅުން ފެށިގެން ކުރިއަށް ދާއިރު، މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ރޭގައި ވެސް ވަނީ ކުޅެފައެވެ.

އެގޮތުން ރޭ 8:30 ގައި ކުޅުނީ މި މުބާރާތުގެ ހަތްވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ސްޕާކް ޕްލަގް އަދި ކުއެންޗް އެވެ. މި މެޗު 4-0 އިން ކާމިޔާބު ކުރީ ސްޕާކް ޕްލަގް އެވެ. މި މެޗުގައި ސްޕާކް ޕްލަގް އަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަކްމަލް، އަބްދުﷲ ޝުއާއު، ރަޒާން އަބްދުލް ސަމަދް އަދި މުޙައްމަދު ފިރުޝާންއެވެ. މިއީ މި ދެޓީމުންވެސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަޙުމަދު އަކްމަލް އެވެ.

އަކްމަލް އަކީ ފުޓޤސަލް ދަނޑޫގައި ވިދަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. މީގެ ކުރިން އަކްމަލް ކުޅެފައިވާ މުބާރާތް ތަކުގައިވެސް އޭނާއަކީ ފާހަގަ ކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެއިއެކެވެ.

ރޭގެ 9:30 ގައި ކުޅުނީ މުބާރާތުގެ އަށްވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ އައިޑްލްސް އާއި ފެނަކަ މާބައިދޫއެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ފެނަކަ މާބައިދޫއެވެ. މިއީ މި މުބާރާތުގައި ދެ ޓީމުންވެސް ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ ފެނަކަ މާބައިދޫން ހޯދި ދެވަނަ މޮޅެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރީ ޒަމާނީ ކުލަބާއި ވާދަކޮށް 14-1 ގެ ނަތީޖާއިންނެވެ. އަދި އައިޑްލްސް އިން ވަނީ އެޓީމުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މި މެޗުގައި ފެނަކަ މާބައިދޫއަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ފަރީޝް، އަލީ ރިޝްފާން އަދި މުޙައްމަދު އާރިފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަބްދުﷲ ފަރީޝްއެވެ.

ރޭ 10:30 ގައި ކުޅުނީ މުބާރާތުގެ ނުވަވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ޖީޖީއެސްސީ އާއި ފޮއެމަތި ޖޭއާރް އެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޖީޖީއެސްސީއެވެ. މިއީ މި ދެޓީމުން ވެސް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ ޖީޖީއެސްސީން މޮޅުވި ދެވަނަ މެޗުވެސް މެއެވެ. އެޓީމުން ފުރަތަމަ މޮޅު ހޯދީ ފޮއެމަތި އާއި ވާދަކޮށް 2-1 ގެ ނަތީޖާއިންނެވެ. ފޮއެމަތި ޖޭއާރް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން އޮފް ދި ލިމިޓް އާއި ވާދަކޮށް 3-2 އިން މޮޅުވެފައެވެ. މި މެޗުގައި ޖީޖީއެސްސީގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އަހުމަދު ޞަބާހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ.

މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިރޭވެސް ކުޅޭނެއެވެ. އެގޮތުން މިރޭ ކުޅޭ މެޗުތަކަކީ،

8:30 – ޑިޓްރޮއިޓްސް – ސްޕާކް ޕްލަގް

9:30 – ވައިއާރުސީ – ބެސްޓް

10:30 – އެފްސީ ކިންގް – ޒަމާނީ ކުލަބް

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި