Search Streamline Icon: https://streamlinehq.com

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ، އެއްވަނާގައި އޮތް އަލް-ހިލާލް އާއި ޕޮއިންޓެއް ގާތަށް އަލް-ނަޞްރުން ޖެހިލައިފި

405885040 18517013740056421 5373803560658576785 n

ސައުދީ ޕްރޯލީގުގައި ރޭ އަލް އަޚްދޫދް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ތާވަލްގެ އެއްވަނާގައި އޮތް އަލް ހިލާލް އާއި ޕޮއިންޓެއް ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އަލް ނަޝްރު މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ.

އަލް ނަޝްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިއަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓުގައި އަލްގަންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާމީ އަލް ނާޖީއެވެ. މި ލަނޑާއި އެކު މެޗުގެ ފުރަތަމަ ހާފު އެޓީމުން ނިންމާލީ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ކުޅެން އަރާ އަލް ނަޞްރުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ނަޞްރަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ނަޞްރުގެ ތިންވަނަ ލަނޑުވެސް ޖަހައިދިނީ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ޖެހީ ،މެޗުގެ 80 ވަނަ މިނެޓުގައިއެވެ.

މޮ މޮޅާއި އެކު އަލް ނަޞްރު މިވަގުތު އޮތީ ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނާގައެވެ. ނަޞްރަށް ވުރެ އެއް މެޗު މަދުން ކުޅެގެން ލީގުގެ އެއްވަނާގައި 35 ޕޮއިންޓާއި އެކު އޮތީ އަލް ހިލާލްއެވެ. ނަޞްރު އަތުން ބަލިވި އަލް އަޚްދޫދް އޮތީ 10 ޕޮއިންޓާއި އެކު 16 ވަނާގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި