Search Streamline Icon: https://streamlinehq.com

އޭއެފްސީ ޗެމްޕިއަންސް ލީގު: އަލް-ނަޞްރާއި ޕާސެޕޮލިސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

406292333 18517583773056421 6876268201652598569 n

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި ސައުދީ ކުލަބު އަލް-ނަޞްރާއި އީރާންގެ ޕާސެޕޮލިސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

އަލް ނަޞްރުގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ގުރޫޕް އީގެ އެއްވަނާގައި އަދިވެސް އޮތީ އަލް-ނަޞްރެވެ. ނަޞްރު ގުރޫޕުގެ އެއްވަނާގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއި އެކުގައެވެ. އަދި ގުރޫޕުގެ ދެވަނާގައި އޮތް ޕާސެޕޮލިސް އަށް ލިބިފައިވަނީ ފަސްމެޗުން އަށް ޕޮއިންޓެވެ.

މިރޭގެ މެޗު އެއްވަރުވިއިރު، މި ދެޓީމުން ގުރޫޕު ސްޓޭޖުގައ ޕާސެޕޮލިސްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އަލް- ނަޞްރުންނެވެ.

ރޭގެ މެޗު ފެށިގެން އަލް ނަޞްރުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް އެޓީމަށް މައްސަލަތައް ކުރިމަތިނީ މެޗުގެ 17 ވަނަ މިނެޓުގައި އަލް-ނަޞްރުގެ އަލީ ލަޖަމީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ފަހުން އަލް ނަޞްރުން ގިނަވަގުތު ކުޅެފައިވަނީ ޑިފެންސްކޮށްގެންނެވެ. މި މެޗުގައި ލަނޑުޖަހާނޭ މާ ރަނގަޅު ހުސް ފުރުސަތެއް އެއްވެސް ޓީމަކަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

މި މުބާރާތުގައި އަލް ނަޞްރުން ދެން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ އެފްސީ އިސްތިކްލޯލް އާއެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އަދި ޕާސެޕޮލިސް ދެން ބައްދަލުރަން ޖެހޭނީ ގަތަރުގެ އަލް ދުހެއިލް އާއެވެ. އެ މެޗު ވެސް ކުޅޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. މިއީ ދެޓީމުން ވެސް ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ފަހުމެޗެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި