ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ހިލާލް އާއި ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު ބަލިވީ އެ މެޗުގައި ރެފްރީކަން ކުރި ރެފްރީންގެ ދޯހަޅި ނިންމުނަތަކުގެ ސަބަބުންކަމުގައި އަލް ނަޞްރުގެ ކޯޗު ލުއިސް ކާސްޓްރޯ ބުނެފިއެވެ.
ކާސްޓްރޯ ބުނީ ރޭގެ މެޗުގައި ރަނގަޅަށް ކުޅުނީ ނަޞްރުން ކަމަށާއި ނަމަވެސް މެޗުން ބަލިވުމުގައި ރެފްރީންގެ ދައުރު ބޮޑުކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ނަޞްރަށް ދެ ޕެނަލްޓީ ލިބުނު ކަމަށާއި ނަމަވެސް ގަސްތުގައި އެ ޕެނަލްޓީތައް ނަޞްރަށް ރެފްރީ ނުދިނީ ކަމަށެވެ.
ކާސްޓްރޯ ބުނީ ހިލާލްފެ ދެވަނަ ލަނޑަކީ ވެސް ގޯސް ލަނޑެއް ކަމަށާއި އެ ލަނޑު ލަނޑަކަށް ހިމަނައިގެން ނުވާނޭކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ ހިލާލް އިން އެ ލަނޑު ޖެހީ ރޮނާލްޑޯ އަށް ފައުލުކޮށްފައި ކަމަށާއި ވީއޭއާރު ވެސް ބަލައިނުލާ ލަނޑެއް ކަމަށް ރެފްރީ ނިންމާފައިވާ ކަމަށެވެ.
ކާސްޓްރޯ އިތުރަށް ބުނީ އެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑުވެސް ރެފްރީން އޮފްސައިޑު ކަމަށް ނިންމި ނަމަވެސް އެއީ އޮފްސައިޑު ލަނޑެއް ނޫންކަމަށެވެ. ވީއޭއާރު ބެލިއިރުވެސް އަދި އެހެން ގޮތްގޮތުން ބެލިއިރުވެސް ރޮނާލްޑޯގެ އެ ލަނޑު ސައިޑް ލަނޑަކަށް ނިންމަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށް ކާސްޓްރޯ ބުނެފައިވެއެވެ.
“ ރޭގެ މެޗުގައި ރެފްރީންގެ ނިންމުންތައް މުޅިން ގޯސް. ދެ ޕެނަލްޓީވެސް ލިބުނު. އެކަމު ޕެނަލްޓީވެސް ނުދިން. ރޮނާލްޑޯ ޖެހި ލަނޑުވެސް އޮފްސައިޑް ކަމަށް ނިންމީ ގޯސްކޮށް.“ ލުއިސް ކާސްޓްރޯ ބުނެފައިވެއެވެ.
ރޭގެ މެޗުގައި އަލް ނަޞްރު ހިލާލް އަތުް ބަލިވީ 0-3 ގެ ނަތީޖާއިންނެވެ. މިއީ މިފަހަރުގެ ސީޒަނުގައި ނަޞްރު ކުޅުނު 15 މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.









