Search Streamline Icon: https://streamlinehq.com

ޕްރިމިއާ ލީގު: ވޮލްވުސް ބަލިކޮށް އާސެނަލް އެއްވަނާގައި 4 ޕޮއިންޓްގެ ލީޑެއް ނަގައިފި

ARS vs WOL football prediction

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވޮލްވުސް އަތުން މޮޅުވެ ލީގުގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެއް އާސެނަލް އިން ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިން ވޮލްވުސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔަ އާސެނަލް އިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 6 ވަނަ މިނެޓުގައި ބަކާޔޯ ސަކާ ޖަހައިދިން ލަނޑުންނެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ޓޮމިޔަސޫއެވެ. އާސެނަލް އިން މެޗުގެ ލީޑު ފުޅާކުރި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން މާޓިން އޮޑިގާޑްއެވެ. ވޮލްވުސް އިން ފަރަގު ކުޑަކުރީ ދެވަނަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. ވޮލްވުސް އަށް މި ލަނޑު ޖަހައިދިނީ މެތިއުސް ކުންހާ އެވެ.

މިމޮޅާއެކު އާސެނަލް ލީގު ތާވަލްގެ އެއްވަނާގައި އޮތީ 14 މެޗުން 33 ޕޮއިންޓާ އެކުއެވެ. ދެވަނާގައި ޗެމްޕިއަން ސިޓީ އޮތީ 13 މެޗުން 29 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް ތިންވަނާގައި އޮތީ 28 ޕޮއިންޓާ އެކުއެވެ. ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނާގައި އޮތީ އެސްޓަން ވިލާއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި