Search Streamline Icon: https://streamlinehq.com

ބޯންމައުތް އަތުން ޔުނައިޓެޑް ސައިޒުކޮށްލައިފި

Manchester United Bournemouth

އިނގެރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ބޯންމައުތް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑުގެ ކުޅުނު މި މެޗުގައި ބޯންމައުތުން ޔުނައިޓެޑް ބަލިކުރީ 3-0 ގެ ނަތީޖާއިންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. އެގޮތުން ލަނޑު ޖަހަން ރަނގަޅު ފުރުސަތުވެސް އެ ޓީމުން ތަނަވަސްކުރިއެވެ. ޔުނައިޓެޑުން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގައި ކަންތައް ހިނގީ ޔުނައިޓެޑުގެ ސަޕޯޓަރުން އުންމީދުކުރިގޮތަކަށް ނޫނެނެވެ. ޔުނައިޓެޑުން ރަނގަޅަށް ކުޅެކުޅެ ތިއްބާ މެޗުގެ ފަސްވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ލީޑުނެގީ ބޯންމައުތުންނެވެ. އެޓީމަށް ލީޑް ނަގައިދިނީ ޑޮމިނިކް ސޮލާންކޭ އެވެ. ސޮލާންކޭ މި ލަނޑު ޖެހީ ލެވިސް ކުކް ތަނަވަސްކޮދިން ފުރުސަތެއްގައެވެ.

ބޯންމައުތުގެ ދެވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ފިލިޕް ބިލިންގ އެވެ. އަދި ތިންވަނަ ލަނޑެއް ޖަހާ ޔުނައިޓެޑް ލަދުގަންނަވާލީ މާކޯސް ސެނޭސީ އެވެ. މިއީ ޔުނައިޓެޑްގެ ދަނޑުގައި ބޯންމައުތުން ހޯދި ފުރަތަމަ މޮޅެވެ.

މެންޗެސްޓަރ ޔުނައިޓެޑް އޮތީ 27 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. ބޯންމައުތް އޮތީ 19 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި