Search Streamline Icon: https://streamlinehq.com

ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ،

Football

ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުޅުން މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

ލ.އަތޮޅުގެ ނުވަ ސްކޫލަކުން ވާދަކުރާ މި މުބާރާތުގެ ކުޅުން މިއަދު ފެށުމަށް ތައްޔާރުވެފައިވާއިރު، މުބާރާތް ފެއްޓިގެންދާނީ ޙަމަދް ބިން ހަލީފާ އާލް ޘާނީ ސްކޫލާއި ލ.އަތޮޅު މަދަރުސާ ބައްދަލުކުރާ މެޗުންނެވެ. މި މެޗު ގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ލ. ގަމުގެ ޒޯން ސްޓޭޑިއަމްގައެވެ.

ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް މުބާރާތުގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ، ލ. އަތޮޅު ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މުޅި ލާމް އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ޖުމުލަ ނުވަ ސްކޫލަކުން ވާދަކުރާއިރު، އެ ސްކޫލުތަކަކީ ލ. އަތޮޅު މަދަރުސާ (މާބައިދޫ)، ޙަމަދް ބިން ހަލީފާ އާލް ޘާނީ ސްކޫލް(ލ.ގަން) މާވަށު ސްކޫލް، މާމެންދޫ ސްކޫލް، ލ. އަތޮޅު ތައުލީމީ މަރުކަޒު(ފޮނަދޫ)، ދަނބިދޫ ސްކޫލް، ކަލައިދޫ ސްކޫލް، އިސްދޫ ސްކޫލް އަދި އިހައްދޫ ސްކޫލް(ލ.ގަން) އެވެ.

މި އަހަރުގެ މުބާރާތް ކުރިޔަށް ގެންދާނީ މުބާރާތުގައި ބައިވެރި ނުވަ ސްކޫލް ދެ ގުރޫޮަކަށް ބަހާލައިގެންނެވެ. އެއީ ގުރޫޕް އޭ އަދި ގުރޫޕް ބީއެވެ.

ބުރޫޕް ބީގައި ހިމެނޭ ސްކޫލުތަކަކީ ޙަމަދް ބިން ހަލީފާ އާލް ޘާނީ ސްކޫލް، ލ. އަތޮޅު މަދަރުސާ، މާވަށު ސްކޫލް އަދި މާމެންދޫ ސްކޫލެވެ.

ގުރޫޕް ބީގައި ހިމެނޭ ސްކޫލުތަކަކީ ދަނބިދޫ ސްކޫލް، ކަލައިދޫ ސްކޫލް، އިސްދޫ ސްކޫލް، އިހައްދޫ ސްކޫލް އަދި ލ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މިއަދު ފަށާ ލ. އަތޮޅު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތަކީ، ލ. އަތޮޅު ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ ހަތަރުވަނަ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ 2015، 2016، 2022 ގައެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ކަން ނެގީ ލ. އަތޮޅު މަދުރަސާއިންނެވެ.

މިއަދު ކުޅޭ މުބާރާތް ހުޅުވާ މެޗަށް ފަހު މިރޭވެސް މި މުބާރާތުގެ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން މިއަދާއި މިރޭ ކުޅޭ މެޗުތަކަށް ބަލާލާއިރު، މިއަދު ހަވީރު 4:15 ގައި ލ. އަތޮޅު މަދަރުސާ އަދި ޙަމަދް ބިން ހަލީފާ އާލް ޘާނީ ސްކޫލް ބައްދަލުކުރާއިރު، މިރޭ 8:00 ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާމެންދޫ އަދި މާވަށު ސްކޫލެވެ. އަދި މިރޭ 9:30 ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ދަނބިދޫ ސްކޫލާއިލ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި