Search Streamline Icon: https://streamlinehq.com

ޝީޝާ ލާމަސީލު ލާމު އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިއަށް، ފުރަތަމަ މޮޅު ޙަމދު ސްކޫލަށް

Foot ball

ލ.އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުޅުން އިއްޔެ ހަވީރު ފެށިއްޖެއެވެ.

އިއްޔެ ހަވީރު މުބާރާތް ފެށީ ކުލަގަދަ ރަސްމިއްޔާތަކަށް ފަހުގައެވެ. މި ރަސްމިއްޔާތަށް ފަހު މުބާރާތުގެ ކުޅުން ފެށިއިރު، މުބާރާތް ހުޅުވާލަދިން މެޗުގައި ބައްދަލުކުރީ ގަމު ހަމަދު ސްކޫލާއި އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ކަން ހޯދި ލ. އަތޮޅު މަދަރުސާއެވެ. ވާދަވެރި ކުޅުމަކަށް ފަހު މެޗުު 4-1 ގެ ނަތީޖާއިން މި މެޗު ކާމިޔާބުކުރީ ހަމަދު ސްކޫލުންނެވެ.

ގުރޫޕް އޭގައި ހިމެނޭ ޙަމަ ދު ސްކޫލާއި އަތޮޅު މަދަރުސާ ބައްދަލުރި މެޗު ފެނިގެން ދިޔައީ ފޯރިދަކޮށެވެ. ދެ ޓީމުންވެސް ފޯރިޔާއި އެކު ކުޅެމުން ދިޔަ މި މެޗުގައި ފުރަތަމަ ލީޑު ނެގީ ހަމަދު ސްކޫލުންނެވެ. އެޓީމުން ލީޑުނެގި ލަނޑު ޖަހައިިދިނީ މުހައްމަދު ރިފްދާން އަލީއެވެ. ހަމަދު ސްކޫލުގެ ދެވަނަ ލަނޑު ޖަހައިދިނީ ނޫހު އިސްމާއީލް އެވެ. ތިންވަނަ ލަނޑު މި މެޗުގައި ހަމަދަށް ފުރަތަމަ ލަނޑުވެސް ޖަހައިދިން ރިފްދާންއެވެ. ހަމަދުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އިބްރާހީމް ނަސީހުއެވެ. އަތޮޅު މަދަރުސާއިން މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖަހައިދިނީ އަބްދުﷲ ނައުހާން ނަސީމްއެވެ.

މި މުބާރާތުގެ އިތުރު ދެ މެޗެއް ރޭގައި ކުޅެފައިވާއިރު، ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާވަށު ސްކޫލާއި މާމްނެދޫ ސްކޫލްއެވެ. މި މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި 0-0 އިން ވަނީ އެއްވަރުވެފައެވެ. އަދި ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލ. އަތޮޅު ތައުލީމީ މަރުކަޒާއި ދަނބިދޫ ސްކޫލެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުންނެވެ.

މި މުބާރާތުގެ ދެ މެޗު މިއަދުވެސް ކުޅޭނެއެވެ. ފުރަތަމަ މެޗު ހަވީރު 4:15 ގައި ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ ކަލައިދޫ ސްކޫލާއި އިސްދޫ ސްކޫލެވެ. އަދި ދެވަނަ މެޗު މިރޭ 8:30 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ ހަމަދު ސްކޫލާއި މާވަށު ސްކޫލެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި