Search Streamline Icon: https://streamlinehq.com

ޕެނަލްޓީގައި މަތިވެރި ބަލިކޮށް ލ. ގަން ސެމީއަށް

B prAkqyQThCA6iXnWDkenLSMeK

”ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024“ ގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގަމުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ރޭ ކުއާޓާ ފައިނަލުގައި މަތިވެރި އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގަމުން ނެވެ. މިލަނޑު ދެވަނަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.

ނަމަވެސް އޭގެ ދެމިނެޓު ފަހުން މަތިވެރިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ގޯލްކީޕަރު މުހައްމަދު އިމްރާނު އެވެ. މިއީ އެޓީމުގެ ހާފު ތެރެއިިން ބޯޅައާއެކު ކުރިއަށް އަރައި ގަމުގެ ހާފު މެދެންހާ ހިސާބުހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޗެންޕިއަން ގަމުން ކުރިހޯދީ 7-6 ގެ ނަތީޖާއަކުން ނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *