Search Streamline Icon: https://streamlinehq.com

ފަހަތުން އަރައި ވިލިމާލެ ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ގަން ފައިނަލަށް

417496765 784427310378735 1586555491035550798 n

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލްގެ ފުރަތަމަ ޖާގަ، އެންމެފަހުގެ ޗެމްޕިއަން ގަމުން ހޯދައިފިއެވެ.

މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިރޭ ވިލިމާލެއާ ދެކޮޅަށް ކުޅުނު މެޗު އެންމެފަހުގެ ޗެމްޕިއަން ގަމުން ކާމިޔާބު ކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ވިލިމާލެއިންނެވެ. ވިލިމާލެއަށް ދެ ލަނޑުވެސް ޖަހައިދިނީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ.

ވިލިމާލެއިން ބޮޑު ލީޑެއްގައި އޮވެ، ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، ޗެމްޕިއަން ގަމުން ފުރަތަމަ ލަނޑުޖަހައި ފަރަގު ކުޑަކުރިއެވެ. މި ލަނޑު ޖަހައިދިނީ ހުސައިން ޝަރީފް (އޮންލީ)އެވެ.

އޭގެ އިރުކޮޅެއްފަހުން ކޯނަރެއްގައި އޮންލީ ދެވަނަ ލަނޑެއް ވެސް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް އޮންލީގެ ލަނޑަކުން ގަމުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑުނެގިއެވެ.

އޮންލީގެ ހެޓްރިކާއި އެކު ގަމުން ލީޑުގައި އޮވެ ކުޅެމުން ދިޔައިރު، އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އެވެ. ގަމުން ހަތަރު ލަނޑު ޖަހައި ލީޑުގައި ވަނިކޮށް، އެޓީމުގެ ފަސްވަނަ ލަނޑުޖަހައިދިނީ ހުސައިން ނާޝިދުއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *