Search Streamline Icon: https://streamlinehq.com

މި ފެށޭ ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް: ރައީސުލްޖުމްހޫރިއްޔާ

Muizzu

މި ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިލްތިމާސްކުރެއްވީ ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވަނީ މި ފެށޭ ރަމަޟާން މަހަކީ މާތް އަޚްލާޤާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށެވެ.

އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމަޢަކަށް މިދިވެހި މުޖުތަމަޢު ހެދުމަށް މި ރަމަޟާންމަހު ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި މި ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ބަރަކާތްތެރި މައްސަރުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަޤީޤަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިޙްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުޞަތުނުދީ އެކަކު އަނެކަކަމަށް ހެޔޮގޮތުގައި މުޢާމަލާތުކުރުން އިސްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *