ބެލްޖިއަމްގެ ގައުމީ ޓީމު މި މަހު ޗެކް ރިޕަބްލިކް އޮފް އަޔަލޭންޑް އާއި އިންގިރޭސިވިލާތާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ޓީމުގައި މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ނުހިމަނަން ނިންމައިފި އެވެ.
އަންނަ ޖޫން މަހުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ބެލްޖިއަމުން ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން ކެވިން ޑިބްރެއިނާއަށް ފުރުސަތު ނުލިބުނީ އަނިޔާގައި ހުރުމުންނެވެ.
ބެލްޖިއަމްގެ ކޯޗު ބުނީ ޗެކް ރިޕަބްލިކް އޮފް އަޔަލޭންޑް އާއި އިންގިރޭސިވިލާތާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ލައްވައި ނުކުޅުވަން ނިންމީ އަނިޔާގައި ހުރުމުން އިތުރަށް ރިސްކެއް ނަގަން ބޭނުންނުވާތީކަމަށެވެ.
ބެލްޖިއަމްގެ ކޯޗު ޑެމެނިކޯ ޓެޑެސްކޯ ބުނީ އެންމެ ފަހުން ކުޅުނު ދެތިން މެޗުގައި ވެސް ޑެބްރޫނޭ ހުރީ އަނިޔާގައި ކަމަށާއި އެހެން ހުއްޓާ އޭނާ ލައްވައި ކުޅުވައިގެން ދެރަގޮތެއްވާން ބޭނުންނުވާ ކަމަށެވެ.
އޭނާ އެންމެ ފަހުން ކުޅުނު މެޗަކީ އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މި މެޗަށް ފަހު އިނގިރޭސި ނޫސްތރަކުގައި ބުނެފައިވާ ގޮތުން އެ މެޗުގައި އޭނާ ކުޅުނީ އަނިޔާގައި ހުރެގެންނެވެ.









