ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ލ.ގަން ތުޑި ފުޓްސަލް ޗެލެންޖުގެ ފުރަތަމަރޭ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބެސްޓާއި ފޮއެމަތި އެސްސީ ބައްދަލްކުރިމެޗުން ފޮއެމަތި އެސްސީ ބަލިކޮށް ބެސްޓް ހަމަޖެހިލައިފި އެވެ.
ތުނޑީ ރަސްމީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުން ބެސްޓް ޓީމް މޮޅުވެފައިވަނީ 14-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ ދެވަނަ މެޗު ބެސްޓު ޓީމުން ކާމިޔާބުކުރީ ފޮއެމަތި އެސްސީ އާއި ވާދަކޮށް 14-0 ބޮޑު ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ނިމިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖުގައިވެސް މޮޅު ކުޅުމެއްދައްކައި ގަމު ޓީމަށް ގިނަ ގޯލްތަކެއް ޖަހައިދީފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބެސްޓު ޓީމްގެ އަޙުމަދު ޙަލީމް (އަންމަޑޭ) އެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ތުނޑީގައި ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ.
އަދިމިހާތަނަށް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގޯޅި ސްޕޯޓްސް ކުލަބެވެ. ނަމަވެސް މިއަހަރުގެ މި މުބާރާތުގައި ގޯޅި ސްޕޯޓްސް ކުލަބުން ބައިވެރި އެއް ނުވެއެވެ.
ގޯޅީގެ އިތުރުން ކަންމަތީ ސްޕޯޓްސް ކުލަބާއި ކާގަޅާ ސްޕޯޓްސް ކުލަބުން ވެސް ވަނީ މި މުބާރާތުގެ ތަށި އުފުލާލާފަ އެވެ.
މި މުބާރާތަކީ ލ.އަތޮޅު ގިނަބައެއްގެ ތަރުހީބުލިބެމުން އަންނަ ފޯރިގަދަ މުބާރާތެއްކަން ފާހަގަކުރެވެއެވެ.













