Search Streamline Icon: https://streamlinehq.com

މުޅި މާލެއިން ނަމާދުގެ އަޑު ކެޑިއްޖެ، މިކަން މުރާޖަޢާކުރަން އިލްތިމާސް ކުރަން: ޑރ. ޖަމީލް

BONDIBAIY

މުޅި މާލެއިން ނަމާދުގެ އަޑު ކެޑިއްޖެކަމަށާއި މިކަން މުރާޖަޢާކުރަން ރައީސް ޑރ، މުޙައްމަދު މުއިއްޒަށް އިލްތިމާސް ކުރާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ، ޖަމީލް ވިދާޅުވީ މުޅި މާލެއިން ނަމާދުގެ އަޑު ކެޑިއްޖެކަމަށާއި މިކަން މުރާޖަޢާކުރަން ރައީސް ޑރ، މުޙައްމަދު މުއިއްޒަށް އިލްތިމާސް ކުރައްވާކަމަށެވެ.

ޖަމީލް ވިދާޅުވި މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާއަޑު ބޭރަށް އިވޭތީ އެކަން ހުއްޓުވައިގެން މިއުޅެނީ ކީއްވެތޯ، މިއީ އުފެދޭ ބޮޑު ސުވާލެއްކަމަށެވެ. އަދި އަރަބި ގައުމުތަކުގައި ކުރާ ކޮންމެ ކަމެއް ރާއްޖޭގައި ކުރަންޖެހޭތޯ ވެސް ސުވާޅުކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، އަރަބި ނޫން ގިނަ އަދަދެއްގެ މުސްލިމު ގައުމުތައް އެބައޮތް ކަމަށާއި އެގޮތުން އިންޑޮނީޝިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުންވެސް އަރަބި ދުނިޔޭޣައި ކުރާ ކޮންމެ ކަމެއް ކޮޕީ ނުކުރާކަމަށެވެ. އެހެންކަމުން ބަންގީގެ އަޑު މަޑުކުރުމުގެ ފަހަތުގައި ގުންގުޅޭ ވިސްނުން މުރާޖާކުރުމަށް އެދިވަޑައިގަންނަވާކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ، މުޅި މާލެއިން ނަމާދުގެ އަޑު ކެނޑިފައިވާކަމަށެވެ.

މިއީ ބޮޑުސުވާލެކެވެ. މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާއަޑު ބޭރަށް އިވޭތީ އެކަން ހުއްޓުވައިގެން މިއުޅެނީ ކީއްވެހެއްޔެ؟ ވަކި އަރަބި ގައުމެއްގައި ކުރާކޮންމެ ކަމެއް ރާއްޖޭގައި ކުރަންޖެހޭ ހެއްޔެވެ؟ އަރަބި ނޫން މުސްލިމް ގައުމުތައް ބައިވަރެވެ. ސަގާފަތްވެސް ތަފާތެވެ. އިންޑޮނޭޝިއާ، މެލޭޝިއާފަދަ ގައުމުތައްވެސް އަރަބި ދުނިޔެއިން ކުރާ ކޮންމެ ކަމެއް ކޮޕީ ނުކުރެއެވެ. ރައީސް ޑރ. މުއިއްޒު، މިކަން މުރާޖަޢާކުރަން އިލްތިމާސް ކުރަން. މުޅި މާލެއިން ނަމާދުގެ އަޑު ކެޑިއްޖެއެވެ. ނަމާދުގެ އަޑު އިވުމުން ކުރާ ފައިދާ މާބޮޑެވެ. މިބާވަތުގެ ކަންތަކަކީ މިގޮތަށް ކުއްލި ކުއްލިއަށް ބަދަލް ކުރާކަންތަކެއް ނޫނެވެ. ބިރުގަންނަނީ މިކަމުން ނުރައްކާތެރި ނަތީޖާ ނިކުމެދާނެތީ!“ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *