Search Streamline Icon: https://streamlinehq.com

ނައިބު ރައީސްގެ ގޯލާއިއެކު މުއިވެޔޮ ފްރެންޑްސް ލެގޫންސްގެ މައްޗަށް ކުރި ހޯދައިފި

Futsal

އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގައި މުއިވެޔޮ ފްރެންޑްސްއިން ކުޅުނު ފުރަތަމަ މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) ކާމިޔާބު ކޮށްދިން ލަނޑާއެކު 3-1ން ލެގޫންސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައި މުއިވެޔޮ ފްރެންޑްސް ހަމަޖެހިލައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސީނިއަރ ނައިބް ރައީސްކަންވެސް ކުރައްވާފައިވާ މިހާރުގެ ނާއިބު ރައީސް ސެމްބެ ކްލަބު ލެގޫންސާ ދެކޮޅަށް ނިކުންނެވީ މުއިވެޔޮ ފްރެންޑްސްގެ ކެޕްޓަން ބޭންޑް އަޅުއްވައިގެންނެވެ.

އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ތެރެއިން— ފޮޓޯ/ރައީސް އޮފީސް

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި މުއިވެޔޮ ފްރެންޑްސްއާއި ކްލަބު ލެގޫނސް ބައްދަލުކުރި މިމެޗުގެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދާފައިވަނީ ކްލަބު ލެގޫންސް އިންނެވެ.

މެޗުގެ ފުރަތަމަހާފްގެ ދެވަނަ މިނެޓުގައި ލެގޫންސްއިން ވަނީ ލީޑު ނަގާފަ އެވެ. ލެގޫންސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަރީފް އެވެ. އަރީފްގެ ގޯލާއެކު ފުރަތަމަ ހާފު ނިމެން ދާދި ގާތްވެފައިވަނިކޮށް މުއިވެޔޮ ފްރެންޑްސް ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަޙުމަދު ސަޢީދު (އަންމަޓީ)އެވެ. އިއްޔެގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އައްމަޓީ ވަނީ އިއްޔެގެ މެޗުގެ ދެވަނަ ހާފަށް ނުކުމެ އިތުރު ގޯލެއްވެސް ކާމިޔާބު ކޮށްދީފަ އެވެ. ދެވަނަ ހާފުގައި މުއިވެޔޮ ފްރެޑްސް އަށް އިތުރު ގޯލު ޖަހައިދިނީ ނައިބް ރައީސް ސެމްބެ އެވެ.

އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ތެރެއިން— ފޮޓޯ/ރައީސް އޮފީސް

ހެންވޭރު ދަނޑުގައި ކުރިއަށްދާ ވެޓަރަންސް ކަޕްގައި 10 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ”އޭ“ ގައި ހިމެނެނީ މާލެ އަތޮޅު ހުރާ ޓީމަކާއި، މޯލްޑިވްްސް ޕޮލިސް، ސިފައިން އަދި ހުޅުމާލޭ ވެޓެެރަންސްގެ އިތުރުން ވިލިމާލެ ޔުނައިޓެޑް އެވެ. ގްރޫޕް ”ބީ“ގައި ހިމެނެނީ މުއިވެޔޮ ފްރެންޑްސް، ލެގޫންސް، ސްޓެލްކޯ އަދި އެމްއެސް މޭޓްސް އެވެ.

ތިރީސް ފަސްއަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕުގެ ތާރިޚުގައި އެންމެ ކާމިޔާބު ޓީމަކީ ކްލަބު ވެލެންސިއާ އެވެ. ކްލަބު ވެލެންސިއާއިންވަނީ މި މުބާރާތުގެ ތަށި 4 ފަހަރު އުފުލާލާފަ އެވެ. މިބުމާބާތުގެ އެންމެ ކާމިޔާބު ދެވަނަ ޓީމަކީ 3 ފަހަރު މުބާރާތް ކާމިޔާބު ކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އެވެ.

އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ތެރެއިން— ފޮޓޯ/ރައީސް އޮފީސް

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި