Search Streamline Icon: https://streamlinehq.com

ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އާދަމް ޝަރީފް

Dhuvaafaru

ސުނާމީ ކާރިސާއާއި ގުޅިގެން ރ.އަތޮޅު ކަނދޮޅުދޫ ރައްޔިތުން ދިރިއުޅެމުްނދާ އެއަތޮޅު ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން ދެއްވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ސޯޝަލް މީޑިޔާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދުވާފަރުގެ ނެރު ތިލަވުމުގެ ސަބަބުން އެރަށަށް ލަފާ ފުރުމުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައެވެ. އެހެންކަމުން އެކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދުވާފަރުގެ ނެރު ފުން ކުރުމަށް އެމްޓީސީސީއާއެކު މަޝްވަރާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މި މަޝްވަރާތަކުގެ ތެރެއިން ދުވާފަރުގެ ނެރު ފުން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމުގެ ޔަޤީންކަން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދު ދެއްވާފައިވާ ކަމުގައެވެ.

ދުވާފަރު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެ ރަށުގެ ނެރު ތިލަވުމުގެ ސަބަބުން މިމަހުގެ ތެރޭގައި 7 ބޯޓު ފަރަށް އަރާފައިވާ ކަމުގައެވެ. އަދި ސަރުކާރުން މިވަނީ ދުވާފަރު ނެރު ފުން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށްވެސް ހާމާކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *