Search Streamline Icon: https://streamlinehq.com

ހުއާވޭގެ ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް

WhatsApp Image 2024 09 18 at 13.59.31 e7ee1260

ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ”ސީޑްސް ފޮރ ދަ ފިއުޗަރ“ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު 4 ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މިއަދު ވަނީ ގައި ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި، ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ލިބުނު 4 ދަރިވަރުންގެ ނަން ޢިއުލާންކޮށް އެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް ހުޅުވާލި މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންނަކީ

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު،
  • އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން،
  • ވިލާ ކޮލެޖްގެ އައިޝަތު އަލްޔާ
  • ވިލާ ކޮލެޖްގެ އައިޝަތު މުޝީރާ

ހުއާވޭ އިން މި ދަރިވަރުންނަށް ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *