Search Streamline Icon: https://streamlinehq.com

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެފްއޭއެމް ވިމެންސް ލީގު ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފި

FAM Womans Leag

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު، ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ. 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

މިއަދުގެ މެޗަށްފަހު އެކަމަނާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *