ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށްވާ އިރާނުގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީގެ ރިކޯޑާ ހަމަހަމަކޮށް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފިއެވެ.
ފްރާންސާ ދެކޮޅަށް ޕޯޗުގަލް ރޭ ކުޅުނު މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް ޕޯޗުގަލް މިވަނީ ދެވަނަބުރަށް ހޮވިފައެވެ.
ރޭގެ މެޗުން ދެޓީމުން ޖެހި ލަނޑުތަކަކީވެސް ޕެނަލްޓީ ލިބިގެން ޖެހި ލަނޑުތަކެކެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ ކީޕަރުގެ ފައުލް އަކުން އެންމެ ފުރަތަމަ ޕެނަލްޓީ ލިބުނީ ޕޯޗުގަލްއަށެވެ. މިޕެނަލްޓީން ޕޯޗްގަލްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ހަމައެއާއެކު ފްރާންސަށް ލިބުނު ޕެނަލްޓީއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެ ވަނަ ހާފު ފެށުނުތަނުން ފްރާންސުން ވަނީ އިތުރު ލަނޑެއް ޖަހައިގެން މެޗުގެ ލީޑް ނަގާފައެވެ. އެހެން ނަމަވެސް ޕޯޗްގަލްއަށް ލިބުނު ދެ ވަނަ ޕެނަލްޓީއާއެކު ރޮނާލްޑޯ މިވަނީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަހަމަކޮށްފައެވެ.













