Search Streamline Icon: https://streamlinehq.com

ބަންގްލަދޭޝް އާއި އިންޑިއާ އެއްވަރު، އެއްވަނަގައި ނޭޕާލް

B vs i

މިހާރު ކުޅެމުންދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ބަންގްލަދޭޝް އިން ވަރުގަދަ އިންޑިއާ އާއި ފަހަތުން އަރާ އެއްވަރުކުރި އިރު، ނޭޕްލުން ކުޅުނު ދެމެޗުން މޮޅުވެ ޓޭބަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

”އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިއްޠެ ހަވީރު ކުޅުނު މެޗުގައި މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ޓީމުން ވަނީ އިންޑިއާގެ ހާފަށް ބާރުބޮޑުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އިންޑިއާއިންނެވެ. މިއީ މެޗުގެ 25 ވަނަ މިނެޓުގައި އުދަންތާ ސިންގް ދިން ޕާހަކުން ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗްގައި ދެވަނަ ހާފްގައި ބަންގްލަދޭޝް އިން ވަނީ ކުޅުން އިތުރަށް ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާ އިންޑިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެން ނަމަވެސް ބަންގްލަދޭޝް އަށް މައްސަލަ ތަކާކުރިމަތިވެ މެޗްގެ އޮއެވަރު ބަދަލުވީ މެޗުގެ 54 ވަނަ މިނެޓުގައި އިންޑިއާގެ ލިސްޓަން ކޮލާސޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ބަންގްލަދޭޝް ގެ ބިޝްވަނާތު ގޯޝްއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

އެއާއި އެއާއެކު އިންޑިއާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް އުނދަގޫތަކާއިއެކު ކުޅެމުން އައި ބަންގްލަދޭޝްއަށް އަލުން ހިތްވަރު ލިބިގެން ދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި އެ ތީމުގެ ޔާސީން އަރަފާތު ކާމިޔާބުކޮށްދިން ލަނޑާއިއެކުގައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ އެތީމަށް ލިބުނު ކޯނަރަކުން ނެގި ބޯޅަ ބޮލުން ޖަހާ ގޯލަށް ވައްދާލައިގެން ނެވެ.

ނޭޕާލްގެ ޤައުމީ ފުޓްބޯޅަ ޓީމް

މުބާރާތުގައި ރޭ ކުޅުނު މެޗްގައި ބައްދަލުކުރީ ސްރީލަންކާ އާއި ނޭޕާލް އެވެ. މި މެޗުން ނޭޕާލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަންކާއިން ވަނީ މެޗްގެ ކުރީ ކޮޅުގައިވެސް ވަރަށް ގިނަ ހަމަލާތަކެއް ނޭޕާލުގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން އެޓީމުގެ 10 ނަންބަރު ޑިޔޮން ޑި ސިލްވާއަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ނޭޕާލުންނެވެ. މިއީ ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުންކޮށްގެން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ސުމަން ލަމާއެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީ ކޮޅުގައި ނޭޕާލުން ވަނީ އިތުރު ލަނޑެއްޖައި ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަވަން ޝެރެސްތާއެވެ. އެހެން ނަމަވެސް އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ލަންކާގެ މާހިން ހަމިލްޓަން އޮމެލޭ ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނޭޕާލުން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ފުޅާކޮށްފައެވެ. މިއީވެސް ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖެހި ލަނޑެކެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލަންކާގެ ޑިލޮން ސެނަން ޑި ސިލްވާ ވަނީ އަނެއްކާވެސް އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

  މި ނަތީޖާ އާއިއެކު ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއިއެކު ނޭޕާލް އެއް ވަނައިގައި އޮތް އިރު، އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ 4 ޕޮއިންޓާއި އެކު 2 ވަނަ ގައި އޮތީ ބަންގްލަދޭޝް އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި