Search Streamline Icon: https://streamlinehq.com

ކަނޑުގެ ބޮޑު ސަރަހައްދެއް ބެލިއްޖެ، އަދިވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްއެންޑީއެފް

Fvm dive

އިއްޔެ ފުވައްމުލަކު ސިޓީ އިން ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު މީހާ ހޯދުމަށް ކަނޑުގެ 55 ސޮކައަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއްޖެ ކަމަށާ، އަދިވެސް މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ން ބުނެފިއެވެ.

ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް ބެލިފައިވާ ސަރަހައްދު: ފޮޓޯ/ އެމްއެންޑީއެފް

ޑައިވިނަށް ގޮސް އޫޅުމުގެ ތެރޭގައި ގެއްލިފައިވަނީ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ. އުމުރުން 35 އަހަރުގެ ސައީދަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ މީހެކެވެ.

އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމަށް އިއްޔެ 2 ހާބާރ ކްރާފްޓް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު މިއަދުވެސް އެމަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ގެ ޑޯނިއަރ ފްލައިޓް ބޭނުން ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ގެ އިތުރުން ފުވައްމުލަކު ސިޓީގެ ޑައުވަރުން އަންނަނީ ހަރަކާތްތެރިވަމުން: ފޮޓޯ/ އެމްއެންޑިއެފް

އެމްއެންޑީއެފުން އިތުރަށް ބުނީ އިއްޔެވެސް އަދި މިއަދުވެސް ހޯދުމުގެ މަސައްކަތުގައި އެމްއެންދީއެފްގެ ޑައިވަރުންގެ ިއތުރުން ފުވައްމުލަކު ސިޓީގެ ޑައިވަރުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސައީދު ގެއްލުނީ އިއްޔެ ފަން ޑައިވް އަކަށް އިތުރު މީހަކާއިއެކު ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައެވެ. އަދި އޭނާ އާއިއެކު ފޭބި އަނެއް މީހާވެސް ހާލު ދެރަވެ، މިހާރު އަންނަނީ ދ. އަތޮޅުގައި އޮންނަ ކަންޑިންމަ މޯލްޑިވްސް ރިސޯޓުގެ ޑައިވިން ޗެންބަރ އިން ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *