Search Streamline Icon: https://streamlinehq.com

ފީފާ ވޯލްޑް ކަޕް: މިރޭގެ މެޗުން އިންގްލޭންޑުގެ ކުޅުންތެރިން ދައްކާލީ ތަފާތު މޮޅު ކުޅުމެއް

Skysports england venezuela u20 world cup

މިހާޜު ފެށިގެން ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި މިރޭގެ މެޗުން އިރާނާއި ބައްދަލުކޮށް އިންގްލޭންޑުގެ ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާލައި ބޮޑުތަނުން މެޗް ކާމިޔާބުކޮށްފިއެވެ.

އިންގްލޭންޑުގެ ކުޅުންތެރިއެއް ކަމަށްވާ ޖޫޑް ބެލިންހަމް ވަނީ މެޗުގެ 35 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ. މިގޯލް ކާމިޔާބު ކުރެވުނީ އިރާން ޓީމުގެ ގޯލް ކީޕަރ އަލީރެޒާ ބެއިންވަންރަންޑްގެ ނޭފަތަށްވި އަނިޔާއަކާއި ގުޅިގެން ދަނޑުން ފޭބި ފަހުންނެވެ. އަދި އިންގްލޭންޑުގެ ދެވަނަ ގޯލް ސަކާ ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށެވެ. ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންއެވެ.

މެޗުގެ ހަތަރުވަނަ ގޯލްވެސް ސަކާ ކާމިޔާބުކޮށްފައިވާއިރު މާގިނަ އިރެއް ނުވެ އިރާނު ޓީމުން ވަނީ ގޯލެއް ޖަހާފައެވެ. މިގޯލް ޖެހީ އިރާން ޓީމްގެ ބޮލުން ތަރެމީއެވެ. ގޯލެއް ކާމިޔާބު ކުރެވުނު ނަމަވެސް އިރާނު ޓީމުން މާބޮޑު އުފާވެރިކަމެއް ކުޅުންތެރިންގެ ކިބައިން ފެނިގެން ނުދެއެވެ. އެހެންނަމަވެސް ހިތްވަރާއެކީ ޑިފެންސް ކުރަމުންދިޔައެވެ.
އިރާން ޓީމްގެ ގަދަ ޑިފެންސާއެކުވެސް އިންގްލޭންޑުން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލެއް ޖަހާފައެވެ. އެ ގޯލް ޖެހީ މާކަސް ރަޝްފާޑްއެވެ.
އީރާންގެ ދެވަނަ ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ޖެހި ތަރެމީއެވެ.

އިރާނާއި އިންގްލޭންޑް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-6 ގެ ނަތީޖާއަކުން އިންގްލޭންޑުން ކާމިޔާބު ހޯދާފައެވެ.
ވޯލްޑް ކަޕްގައި މިއަދުގެ ދެވަނަ މެޗު މިހާރު ކުރިޔަށްދާއިރު މިމެޗުގައި ބައްދަލުކުރަނީ ނެދަލެންޑްސް އާއި ސެނެގާލްއެވެ. އަދި މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެމެރިކާއާއި ވޭލްސްއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި