އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތްކަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ރިއޮޓާސް އިން ރިޕޯޓުކޮސްފައިވާ ގޮތުގައި ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗުގައި ލިބޭ ފައިސާގެ ބައެއް ހަދިޔާކުރާނީ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ފަލަސްތީނާއި އޮސްޓްރޭލިއާ ބައްދަލުކުރާ ކޮލިފައިން މެޗު ކުޅެން މީގެ ކުރިން ހަމަޖައްސާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައެވެ. ނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މި މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ ކުވައިތުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަދުވަހުގައެވެ.
އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުން ބުނީ މި މެޗުގައި ލިބޭ ފައިސާއިން ބައެއް ޣައްޒާގައި މިވަގުތު ހާލުގައި ޖެހިފައިވާ ފަރާތްތްކަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށާއި އެ ފަރާތްތަކާއި މި ފައިސާ ހަވާލުކުރަން ހަމަ ޖެހިފައިވަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ކަމަށެވެ.













