މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ، މުބާރާތުގެ ކުއަޓާ ފައިނަލާއި ގާތަށް ޑިޓްރޮއިޓްސް އިން ޖެހިލައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑިޓްރޮއިޓްސް އިން ކުޅުނު ދެވަނަ މެޗުގައި މިރޭ ބައްދަލުކުރީ ސްޕާލް ޕަލްގް އާއެވެ. މި މެޗު ޑިޓްރޮއިޓްސް އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.
ގުރޫޕް މަރުހަލާގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް ޑިޓްރޮއިޓްސް އިން ޖެހިލިއިރު، އެޓީމުން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ލާމް ޔޫމް މޫވްމަންޓް (އެލްވައިއެމް) އާއެވެ. މި މެޗު އެޓީމުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިންނެވެ.
ޑިޓްރޮއިޓްސް އަށް ދެން އޮނާނީ ގުރޫޕް މަރުހަލާގައި ކުޅެން ޖެހޭ އެންމެ ފަހު މެޗެވެ. އެއީ މި މަހުގެ 23 ވަނަ ދުވަހު ކުއެންޗް އާއި ބައަދަލުކުރާ މެޗެވެ. މި މެޗުން އެއްވަރުކޮށްލައިގެންވެސް ކުޢާޓާ ފައިނަލުގެ ޖާގައެއް ޑިޓްރޮއިޓްސް އަށް ކަށަވަރުވެގެންދާނެއެވެ. ޑިޓްރޮއިޓްސް މިވަގުތު އޮތީ ކުޅުނު ދެމެޗުން ހޯދި ހަ ޕޮއިންޓާއި އެކު އެޓީމު ހިމެނޭ ގުރޫޕް ސީގެ އެއްވަނާގައެވެ. މިރޭގެ މެޗުގައި ޑިޓްރޮއިޓްސް އަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ޝިހުބާން އާއި ހުސެއިން މައާދުއެވެ. އަދި ސްޕާކް ޕަލަގް ގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ފިރުޝާންއެވެ. މި މެޗު މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސެއިން މައާދްއެވެ.
މުބާރާތުގެ ގުރޫޕް މަރުހަލާގައި ކުޅޭ ފަހު މެޗުގައި ޑިޓްރޮއިޓްސް ބައްދަލުކުރާރީ ކުއެންޗް އާއެވެ. މި މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 9:30 ގައެވެ.













