Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023: ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު މިރޭ!

AFRAH [Autosaved]

ތުނޑީ ފުޓްސަލް ޗެލެންޖް 2023 ގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ.

ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑިޓްރޮއިޓްސް އާއި ފެނަކަ މާބައިދޫ ބްރާންޗް އެވެ. މި މެޗު ފެށާނީ މިރޭ 8:30 ގައެވެ.

މި ދެޓީމު ކުއާޓާއަށް ދަތުރުކުރި ގޮތަށް ބަލާއިރު، ޑިޓްރޮއިޓްސް ކުއާޓާއިން ޖާގަ ހޯދީ އެޓީމު ހިމެނުނު ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޑިޓްރޮއިޓްސް ކުޢާޓާއިން ޖާގަ ހޯދިއިރު، އެޓީމާއި ދެކޮޅަށް ނުކުންނަ ފެނަކަ މާބައިދޫ ބްރާންޗް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައިވަނީ ގުރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. ފެނަކަ މާބައިދޫ އަށް ގުރޫޕުގެ ދެވަނަ ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެގެންނެވެ.

ޑިޓްރޮއިޓްސް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ޑިޓްރޮއިޓްސް – އެލްވައިއެމް (4-0)

ޑިޓްރޮއިޓްސް – ސްޕާކް ޕްލަގް (2-1)

ޑިޓްރޮއިޓްސް – ކުއެންޗް (11-2)

ފެނަކަ މާބައިދޫ ބްރާންޗް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ފެނަކަ މާބައިދޫ ބްރާންޗް – ޒަމާނީ ކުލަބް (14-1)

ފެނަކަ މާބައިދޫ ބްރާންޗް – އައިޑްލްސް (3-0)

ފެނަކަ މާބައިދޫ ބްރާންޗް – އެފްސީ ކިންގް (1-2)

ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބީއީއެސްޓީ (ބެސްޓް) އާއި ފޮއެމަތި އެވެ. މި މެޗު ފެށާނީ މިރޭ 9:30 ގައެވެ.

މި ދެޓީމު ކުއާޓާއަށް ދަތުރުކުރި ގޮތަށް ބަލާއިރު، ބެސްޓް ކުއާޓާއިން ޖާގަ ހޯދީ އެޓީމު ހިމެނުނު ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ބެސްޓް ކުޢާޓާއިން ޖާގަ ހޯދިއިރު، އެޓީމާއި ދެކޮޅަށް ނުކުންނަ ފޮއެމަތި  މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައިވަނީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ބެސްޓް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ބެސްޓް – ވައިއާރުސީ (8-2)

ބެސްޓް – އެލްވައިޑީ (7-4)

ފޮއެމަތި ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ފޮއެމަތި – ޖީޖީއެސްސީ (1-2)

ފޮއެމަތި – އޯފްޓީއެލް (2-0)

ފޮއެމަތި – ފޮއެމަތި ޖޭއާރް (10-2)

ފޮއެމަތި އަދި ބެސްޓް ބައްދަލުކުރާ ކުއާޓާގެ ދެވަނަ މެޗު ފަށާނީ މިރޭ 9:30 ގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި