Search Streamline Icon: https://streamlinehq.com

މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގެ ކުރިމަގު އުޖާލާ ވާނެ

Dhuvaafaru
Advertisement

ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަސް މާޅޮސްމަޑުލު އުތުރުބުރި ދުވާފަރުގައި ފާހަގަކުރުމާއި ގުޅިގެން ދުވާފަރަށް އުފާވެރިކަމާއި ފާގަތިކަމުގެ ކުރިމަގު އުޖާލާވެއްޖެއެވެ.

ނިމިދިޔަ 45 ވަނަ މަސްވެރިންގެ ދުވަސް ސަރުކާރުން ދުވާފަރުގައި ފާހަގަކުމާއު ގުޅިގެން އެރަށޫގައިވަނީ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކުރައްވާފައެވެ.

މާޅޮސްމަޑުލު އުތުރުބުރި ކަނދޮޅުދޫގައި ދިރިއުޅެމުން ދިޔަ ރައްޔިތުން 2004 ވަނަ އަހަރުގެ ހިތާމަވެރި ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ދުވާފަރަށް ބަދަލުކުރައްވާފައެވެ.

ސުނާމީގެ ސަބަބުން ކަނދޮޅުދޫއަށްވަނީ ބޮޑެތި ގެއްލުން ލިބި، އެރަށުގައި ދިރި ނޫޅެވޭ ހާލަތަށް ދިއުމުގެ ކުރިންވެސް އެ ރަށުގެ ދިރިއުޅުމުގެ ހާލަތުވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައެވެ. ކަނދޮޅުދޫގެ ބިމުގެ ބޮޑުމިނާ އަޅާ ބަލާއިރު އެރަށުގެ އާބާދީއަކީ ރަށާއި ނުބައްދަލު ބޮޑު އާބާދީއެކެވެ. މުޅި ރ. އަތޮޅުގެވެސް އެންމެ ބޮޑު އާބާދީއެއް އެރަށުގައި އޮތްއިރު، ކަނދޮޅުދޫ ވެފައިވަނީ ބިމުގެ ގޮތުން އަތޮޅުގެ އެންމެ ކުޑަ ރަށް ކަމުގައެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އޭރު ނިންމީ ކަނދޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށެވެ. ނަމަވެސް އެރަށުގެ ފަޅަކީވެސް އާދަޔާ ޚިލާފަށް ކުޑަ ފަޅަކަށްވާތީ، މިމަޝްރޫއަކީވެސް އެރަށަށް ދިމާވެފައިވާ މައްސަލައަށް އޮތް ހައްލު ހޯދައިދިން ކަމަކަށްވަނީ ނުވެފައެވެ.

Advertisement

ކަނދޮޅުދޫގެ ފަޅު ހިއްކުމުން އެރަށުގެ ހިމާޔަތުގައިވި ފަރު ވަނީ އެއްކޮށް ހަލާކުވެފައެވެ. އެރަށުގެ ގެތައް ހުރީ ހުޅުވިފައިވާ މާކަނޑާއި 20 ފޫޓެއްހާ ދުރުމިނުގައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރަށުގެ ހުރިހާ ދިމާލަކުން އުދަ އެރުމުގެ މައްސަލަ ކުރިމަތިވުމެވެ.

ވާރޭ ވެހޭ ދުވަސްވަރެއްނަމަ ކަނދޮޅުދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ދިޔައީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

ބިން ހިއްކުމުގެ މަޝްރޫޢަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރި ނަމަވެސް ހިއްކި ބިމުގައި އެއްމެ ގެއެއްވެސް އަޅާފައެއް ނުވެއެވެ.

އޭރުވެސް ކަނދޮޅުދޫ ދޫކޮށް ބިން ބޮޑު ރަށަކަށް ހިޖުރަ ކުރުމުގެ ވާހަކަ ރަށުގެ ބައެއް މީހުންގެ މެދުގައި ދިޔައީ ދެކެވެމުންނެވެ. ނަމަވެސް ރަށުގެ ގިނަ ރައްޔިތުންގެ ވިސްނުން މިއާއި މުޅިން ތަފާތެވެ. ކާބަފައިން ދިރިއުޅުނު ބިން ދޫކޮށް އެހެން ތަނަކަށް ބަދަލުވުމަކީ ރަށުގެ ގިނަ ބަޔަކަށް އޭރު ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ.

ނަމަވެސް ސުނާމީގައި ލިބިގެން ދިޔަ ގެއްލުމާއެކު ކުރިން ހިޖުރަ ކުރުމަށް ދެކޮޅު ހަދަމުން ދިޔަ ވަރަށް ގިނަ ރައްޔިތުންވެސް ވިސްނުން ބަދަލުކޮށް ބިންބޮޑު ރަށަކަށް ބަދަލުވާން އެއްބަސްވިއެވެ.

ސަރުކާރުން ދުވާފަރުގައި މީގެ​ކުރިން ފަށާފައިހުރި މަސައްކަތުގެ ތެރެއިން ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާއިރު 8 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ.

2444 އަންހެނުންނާއި 2593 ފިރިހެނުންނާއި އެކު ޖުމްލަ 5037 މީހުން ދރިއުޅެ ދުވާފަރުގައި މުޅިން އަލަށް ފެށުމަަށްޓަކައި ހަތަރު މަޝްރޫއެއްގައި ވަނީ ރަސްމީކޮށް ސޮއިކުރައްވާފައެވެ.

ދުވާފަރުގައި މުޅިން ނިންމައި ހުޅުވި މަޝްރޫއުތަކުގެ ތެރޭގައި އެމްއައިބީގެ އޭޓީއެމް އެއް ހުޅުވުމާއި، އެސްޓީއޯ ފިއުލް ޝެޑެއް ހުޅުވުން ހިމެނެއެވެ. އަދި އާރުޓީއެލް ބަހުގެ ހިދުމަތް ފެށުމާއި، ސިއްހީ މަރުކަޒު ތަރައްގީކޮށް މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައިވަނީ ހުޅުވާފައެވެ.

މީގެ އިތުރުން އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު އެކްސްޓެންޝަންގެ މަސައްކަތް ފެށުމާއި، ފުލުހުންގެ މަރުކަޒު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުން ހިމެނެއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް އިފްތިތާހުކުރުމައި، ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އަޅާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުންވެސް ހިމެނެއެވެ.

މީގެ އިތުރުން އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ފެށުމާއި، ދަނާލުގެ މަސައްކަތް ފެށުމުގެ އިތުރުން ވޭސްޓް މެނޭޖްމަންޓެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ދުވާފަރުގައި ފައްޓަވާފައެވެ.

އަދި ދުވާފަރު ބިން ހިއްކުމުގެ ދެވަނަ ފޭސްގެ މަސައްކަތްވެސް 45 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން އެރަށޫގައި ވަނީ ފައްޓަވާފައެވެ.

ދުވާފަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ހިއްކި ބިމަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ވަނީ ރަސްމީކޮށް ސޮއިކުރައްވާފައެވެ.

ހިއްކި ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި (50 ހައުސިން ޔުނިޓް) ގާއިމްކުރުމާއި އެކުގައެވެމީގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

ދުވާފަރުގައި މި މަސައްކަތްތައް އިފްތިތާހުކޮށްފައިވާއިރު، މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާއި މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުންގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ދައުލަތުގެ އިސް ވެރިންނާއި ގިނަ ބަޔަކު ވަނީ ދުވާފަރަށް ޒިޔާރަތް ކުރައްވާފައެވެ.

މައުލޫމާތު:ދުވާފަރު ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި