ޓިކެޓް ނުލިބިގެން މިހާރު ކުރަމުންދާ މުޒާހަރާ އަކީ ފުޓްބޯޅަ އަށް ދިވެހިންގެ މެދުގައި އޮތް ފޯރިކަމަށް ސަސްޕެންޝަން ގައި ހުންވެވި ޔޫތްމިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގައި ކުރިޔަށްދާ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ކުޅޭ ރާއްޖެ، ލަންކާ މެޗްގެ ޓީކެޓް ވިއްކުމުގައި މަކަރު ހަދާފައިވާކަމަށް ބުނެ ގަލޮޅު ދަނޑު ސަރަހައްދުގައި އާމުން މުޒާހަރާ ކުރަންފަށައިފިއެވެ.

މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ފުޓްބޯޅަ ފޯރިކަމަށެވެ. އަދި ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަކަމަށާ، ކުރާ ހަރަދު ނިސްބަތުން ބޮޑުވަނީ އެސަބަބާހެދިކަމަށެވެ.
”ފުޓުބޯޅަ ފޯރި. ރާއްޖޭގަ އެންމެ ގިނަބަޔަކު ސަޕޯޓުކުރާ އަދި ކުޅޭ ކުޅިވަރަކީ ފުޓުބޯޅަ،ކުރާ ހަރަދު ނިސްބަތުން ބޮޑުވަނީ އެސަބަބާހެދި. ނަމަވެސް މިސަރުކާރުން އެހެން ކުޅިވަރުތައްވެސް ނިސްބަތުން ތަފާތުނުުކޮށް، ހަރަދުކޮށް އަދި އެހީތެރިވާކަން އެސޯސިއޭޝަންތަށް އަދި އެތުލީޓުން ހެކިވާނެ“
https://mobile.twitter.com/AhmedMahloof/status/1446740757591695365
މާދަމާގެ މެޗަށް 5000 ޓިކެޓް ވިއްކުމަށް ނިންމާފައިވާއިރު މިހާރުވަނީ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައެވެ.
ޒާހަރާ ކުރާ އާމުން ބުނަމުންދަނީ އެމީހުންނަށް ރާއްޖެ-ލަންކާ މެޗުގެ ޓިކެޓު ނުލިބެނީސް އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށެވެ. އަދި ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އެފްއޭއެމްގެ ވެރިން ވަނީ ޓިކެޓުތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ބަހާލާފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޓިކެޓުތައް ވަނީ ބައްސާމް ބޭނުންވާ ބަޔަކަށް ބަހާލާފައިކަމަށެވެ.













