Search Streamline Icon: https://streamlinehq.com

އަހަރީ ދުވަހުގެ މުނާސަބަތުގައި ސުކޫލަށް ޝިޔާރު ބޯޑުތަކެއް!

5

ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކެޑެމީގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެރަށު ސުކޫލަށް ޝިޔާރު ބޯޑުތަކެއް ހަދިޔާކޮށްފިއެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑެމީއަކީ ފުނަދޫގައި ކުޅިވަރުތައް ކުރިއަރުވުމާއިއެކު އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ އަޚްލާގު ރަގަޅު، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަސައްކަތްކުރާ ބަޔެކެވެ.

އެކަޑެމީއަށް ނޮވެންބަރު މަހު އެއް އަހަރު ފުރިފައިވާއިރު، އަހަރީ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް އެކަޑެމީ ބުނެއެވެ. އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ޝިޔާރު ބޯޑު ހަރުކުރުމުގެ ޕްރޮގްރާމް ގެދަށުން ފުނަދު ސުކޫލްގައި ދީނީ އަދި ތައުލީމާއި ގުޅޭ ޝިއާރު ބޯޑުތަކެއް ވަނީ ހަރުކޮށްފައެވެ.

ޔުނިޓީ ސްޕޯޓްސް އެކެޑެމީގެ ފަރާތުން ފުނަދޫ ސުކޫލްގައި ޝިޔާރުބޯޑު ހަރުކުރުމުގެ ޕޮރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޔުނިޓީ ސްޕޯޓްސް އެކެޑެމީ

ޔުނިޓީ އެކަޑެމީއިން ބުނީ އެކަޑަމީގެ ކުދިންގެ މެދުގައި ޢިޖުތިމާއީ ރޫހު އާލާކުރުމުގެ ގޮތުން މިހަރަކާތުގައި އެކަޑަމީގެ އުމުރުފުރާ 3 ގެ ފިރިހެންކުދިން ބައިވެރިކުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބޯޑުތަކެއް ހަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑެމީ އުފެދިފައިވަނީ ނޮވެމްބަރ 2020 ގައެވެ. އެކަޑެމީގެ ފުޓްބޯޅަ ތަމްރީން ޕޮރޮގްރާމްގައި މިހާތަނަށް 150 ށް ވުރެ ގިނަކުދިން އަންނަނީ ތަމްރީން ވަމުންނެވެ. އަދި އެތްލެޓިކްސް ތަމްރީން ތަކެއްވެސް އެކަޑެމީ ކުރިޔަށް ގެންދެއެވެ. ތަމްރީންތަކުގައި އެކްޑެމީގެ 12 ކޯޗުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި