Search Streamline Icon: https://streamlinehq.com

ފަހުގެ

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސީޑޯފް އިސްލާމްވެއްޖެ

Breaking news clarence seedorf peluk islam see

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެއެވެ.

ސީޑޯފް އިސްލާމްވިކަން ހާމަކޮށްފައިވަނީ އިންސްޓާގްރާމްގައި ސީޑޯފް ކުރި ޕޯސްޓަކުންނެވެ. ސީޑޯފް ބުނާގޮތުގައި އޭނާ އިސްލާމްދީން ޤަބޫލުކުރުމުން ގިނަ ބަޔަކު ދަނީ އޭނައަށް މަރުހަބާ ދަންނަވަމުންނެވެ. އެމެސެޖްތަކަށް ސީޑޯފްވަނީ ޝުކުރު އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް އިސްލާމްދީނާއި ބެހޭ ގޮތުން އޭނައަށް އިތުރު ތަފްސީލްދީ އިސްލާމްވުމަށް ހިތްވަރު ދިން އޭނަގެ އަނބިމީހާއަށް ސީޑޯފްވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އިސްލާމްދީން ޤަބޫލުކުރިނަމަވެސް އޭނަގެ ނަން ބަދަލު ނުކުރާނެކަމަށް ސީޑޯފްވަނީ ބުނެފައެވެ. އޭނާ ދުނިޔޭގައި މަޝްހޫރުވެފައިވަނީ އޭނަގެ މައިންބަފައިން އޭނައަށް ދީފައިވާ ނަމުންނެވެ. އެހެންކަމުން އެނަން ބަދަލުކުރަން ސީޑޯފް ބޭނުން ނުވެއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި ސީޑޯފް ވިދާލީ އޭސީ މިލާނަށް ކުޅުނުއިރުގައެވެ. އޭރު ސީޑޯފްއަކީ އެޓީމުގެ ލެޖެންޑެކެވެ.

ސީޑޯފް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ތަފާތު ތިން ކްލަބަކަށް ކުޅެގެން ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކޮށްފައިވެއެވެ.

ފުޓްބޯޅައިގެ ދުނިޔެއިން ސީޑޯފް ރިޓަޔާ ކުރީ 2013 ވަނަ އަހަރުގައެވެ. އަދި އޭސީ މިލާނުގެ މެނޭޖަރުކަން ލިބުމުން ސީޑޯފްވަނީ ފުޓްބޯޅަކުޅުން ހުއްޓާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި