Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023: ޒަމާނީ ކުލަބް މެޗަށް ހާޟިރު ނުވުމުން އެފްސީ ކިންގްއަށް މެޗު ލިބިއްޖެ

Presentation2

ތުނޑީ ފުޓްސަލް ޗެލެޖް ގައި ރޭ ޒަމާނީ ކުލަބާއި އެފްސީ ކިންގް ވާދަކުރަން އޮތް މެޗު، ޒަމާނީ ކުލަބުން މެޗަށް ހާޒިރު ނުވުމުގެ ސަބަބުން އެފްސީ ކިންގް އަށް ލިބިއްޖެއެވެ.

ރޭ ކުޅެން އޮތް މެޗަށް ޒަމާނީ ކުލަބުން ހާޒިރުވެފައި ނުވަނީ މެޗު ކުރިއަށް ގެންދާ ވަރަށް އެ ޓީމުގެ ކުޅުންތެރިން ހަމަނުވުމުން ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ވަނީ ބުނެފައެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ގަޑިއަށް މެޗަށް ޓީމު ހާޟިރު ނުވުމުން މުބާރާތުގެ ކޮމިޓީން ނިންމީ މެޗު ޒަމާނީ ކުލަބުން ދޫކޮށްލީ ކަމަށެވެ.

އެފްސީ ކިންގް އަށް ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، އެޓީމަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިފައެވެ. އެއީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ޒަމާނީ ކުލަބު މިހާތަނަށް އެއްވެސް މޮޅެއް ހޯދިފައި ނުވުމުން އެޓީމަށް ޕޮއިންޓެއް ނުލިބެއެވެ. ގުރޫޕުގައި ކުޅޭ ފަހު މެޗަށް މިރޭ ޒަމާނީ ކުލަބު ނުކުންނާނީ އައިޑެލްސް އާއި ދެކޮޅަށެވެ. ޒަމާނީ ކުލަބާއި ދެކޮޅަށް މިރޭގެ މި މެޗަށް ނުކުންނަ އައިޑްލްސްއަށް ވެސް ދެ މެޗުން ބަލިވެފައި ވުމުން ދެން މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ އެއް ނުލިބެއެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މީގެން އެއްވެސް ޓީމަކަށް ދެން ކުއާޓާގެ ޖާގައެއް ނުލިބޭނެއެވެ.

ޒަމާނީ ކުލަބް ދަނޑަށް ހާޟިރު ނުވުމުގެ ސަަބުން ރޭގެ މެޗު އެފްސީ ކިންގް އަށް ލިބުނު އިރު، އެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ މޮޅެއް ހޯދާފައެވެ. އެހެން ކަމުން އެފްސީ ކިންގް އަށް މިހާރު ވަނީ ދެމެޗުން ލިބުނު ހަ ޕޮއިންޓާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލް ކަށަވަރުވެފައެވެ. އަދި މި ގުރޫޕުގައި ހިމެނޭ ފެނަކަ މާބައިދޫ އަށް ވެސް މިހާރު ވަނީ ކުއާޓާ ކަށަވަރުވެފައެވެ. ފެނަކަ މާބައިދޫ އަދި އެފްސީ ކިންގްއަށް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ.

ގުރޫޕުގެ ފަހު މެޗަށް އެފްސީ ކިންގް އަދި ފެނަކަ މާބައިދޫ ނުކުންނައިރު، ދެ ޓީމަށްވެސް ކުއާޓާ ޔަގީންވެފައި އޮތުމުން ދެން މި މެޗުން ކަނޑައެޅިގެން ދާނީ ގުރޫޕް އޭގެ އެއްވަނަ އަދި ދެވަނައެވެ. ފެނަކަ މާބައިދޫ އަދި އެފްސީ ކިންގް ބައްދަލުކުރާ މެޗު ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި