Search Streamline Icon: https://streamlinehq.com

ތުނޑީ ފުޓްސަލް ޗެލެންޖް 2023: ރޭ ކުޅުނު މެޗުތަކުން ފޮއެމަތި، އެލްވައިއެމް އަދި އައިޑްލްސް މޮޅުވެއްޖެ

AFRAH

ތުނޑީ ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު މެޗުތަކުން ފޮއެމަތި، ލާމް ޔޫތް މޫވްމަންޓް އަދި އައިޑްލްސް މޮޅުވެއްޖެއެވެ.

ރޭގެ ފުރަތަމަ މެޗުގައި ފޮއެމަތި އަދި އޯފް ދި ލިމިޓް (އޯޓީއެލް) ބައްދަލުކުރި އިރު، މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފޮއެމަތި އިންނެވެ. މި މެޗުން ފޮއެމަތި މޮޅުވިއިރު، މިއީ އެޓީމުން މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ފޮއެމަތި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޖީޖީ އެސްސީ އާއެވެ. މި މެޗުން އެޓީމު ބަލިވެފައިވަނީ 2-1 ގެ ންތީޖާއިންނެވެ. މިރޭގެ މޮޅާއި އެކު އެ ޓީމަށް ކުއާޓާ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ގުރޫޕުގެ ފަހު މެޗުން މޮޅުވެގެން ކުއާޓާގެ ޖާގައެއް ފޮއެމަތި ޓީމަށް ލިބޭނެއެވެ. ފޮއެމަތި ޓީމު އަތުން ބަލިވި އޯޓީއެލް އަށް ވަނީ ކުއަޓާގެ ފުރުސަތު ގެއްލިފައެވެ. އެއީ ކުޅުނު ދެމެޗުންވެސް ބަލިވެފައި ވުމުންނެވެ.

ގުރޫޕް ބީ އަށް ބަލާއިރު، އެ ގުރޫޕުގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ކުއާޓާގެ ޖާގަ ގެއްލިފައިވަނީ އޯޓީއެލް އަށް އެކަންޏެވެ. ދެން އޮތް ތިން ޓީމަށް ވެސް ކުއާޓާގެ ފުރުސަތު އަދި އެބައޮތެވެ. މި ގުރޫޕަށް ބަލާއިރު، ޓޭބަލްގެ އެއްވަނާގައި އޮތީ ޖީޖީ އެސްސީއެވެ. އެއީ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ފޮއެމަތި އަދި ތިންވަނާގައި އޮތް ފޮއެމަތި ޖޭއާރް އަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ފޮއެމަތި ޓީމަށް ޓޭބަލްގެ ދެވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

ރޭ ކުޅުނު ދެވަނަ މެޗަށް ބަލާއިރު، މި މެޗުގައި ބައްދަލު ކުރީ އެލްވައިއެމް އާއި ކުއެންޗް އެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެލްވައިއެމް އިންނެވެ. މިއީ މި މުބާރާތުގައި އެޓީމުން ކުޅުނު ދެމެޗުގެ ތެރެއިން މޮޅެއް ހޯދި ފުރަތަމަ މެޗެވެ. އެލްވައިއެމް ކުޅުނު ފުރަތަމަ މެޗުން ބަލިވީ ޑިޓްރޮއިޓްސް އާއި ވާދަކޮށް 4-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުން މޮޅުވުމުން މުބާރާތުގެ ކުއާޓާ އަށް ދިއުމުގެ ފުރުސަތު އެލްވައިއެމްއަށް ވަނީ ތަނަވަސްވެފައެވެ. އެލްވައިއެމް އަތުން ބަލިވި ކުއެންޗް އަށް ކުއާޓާގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެނީ އެ ޓީމުން މިހާތަނަށް ދެ މެޗު ކުޅުނު އިރު، އެ ދެމެޗުންވެސް ވަނީ ބަލިވެފައެވެ.

ގުރޫޕް ސީ އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދި ޑިޓްރޮއިޓްސް އެވެ. އަދި ދެވަނާގައި އޮތް ސްޕާކް ޕަލަގް އަދި ތިން ވަނާގައި އޮތް އެލްވައިއެމް އަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ސްޕާކް ޕްލަގް އަށް ކުރި ލިބެނީ ގޯލުގެ ފަރަގުންނެވެ. ދެން އޮންނާނީ ކޮންމެ ޓީމަކަށް ވެސް ކުޅެން ޖެހޭ ގުރޫޕުގެ ފަހު މެޗެވެ. ގުރޫޕުގެ ފަހު މެޗުގައި ޑިޓްރޮއިޓްސް ނުކުންނާނީ ކުއެންޗް އާއި ދެކޮޅަށެވެ. އަދި އެލްވައިއެމް ނުކުންނާނީ ސްޕާކް ޕަލަގް އާއި ދެކޮޅަށެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ މުބާރާތުން ކަޓާފައިވާ ދެ ޓީމު ކަމުގައިވާ ޒަމާނީ ކުލަބާއި އައިޑްލްސްއެވެ. މި މެޗު 9-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައިޑްލްސް އިންނެވެ. މި މި ދެޓީމުންވެސް މުބާރާތުގެ ގުރޫޕް މަރުހަލާގައި ކުޅުނު ފަހުމެޗެވެ. މި ގުރޫޕުގައި ދެން ހިމެނޭ ފެނަކަ މާބައިދޫ އާއި އެފްސީ ކިންގް އަށް ވަނީ ކުއާޓާގެ ޖާގަ ކަށަވަރުވެފައެވެ.

ގުރޫޕް އޭ އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނގައި އޮތް ފެނަކަ މާބައިދޫ އާއި ދެވަނާގައި އޮތް އެފްސީ ކިންގް އަށް ވެސް ލިބިފައިވަނީ ދެމެޗުން ހަ ޕޮއިންޓެވެ. ނަމަވެސް ފެނަކަ މާބައިދޫއަށް ގުރޫޕުގެ ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި