Search Streamline Icon: https://streamlinehq.com

ޔޫރޯ ފެށުމުގެ ކުރިން ބަދަލުވާނެ ކުލަބެއް ހާމަކުރާނަން: ކިލިއަން އެމްބާޕޭ

Mbappe

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ފްރާންސްގެ ސްޕަރ ސްޓަރ ކިލިއަން އެންބާޕޭ އޭނާގެ ފުޓްބޯޅައިގެ ކުރިމަގު އޮތީ ކޮން ކްލަބެއްގައި ކަން އަންނަ ޔޫރޯ ފެށުމުގެ ކުރިން ހާމަކުރާނެ ކަމުގައި އެމްބާޕޭ ބުނެފި އެވެ.

ޕީއެސްޖީއަށް މި ސީޒަނުގައި 38 މެޗު ކުޅެ 38 ލަނޑު ކާމިޔާބު ކޮށްދީފައިވާ ފްރާސްގެ ތަރި އެމްބާޕޭ ބުނީ އޭނާގެ ކުރިމަގު އޮތީ ކޮންކުލަބަކާއި ގުޅިގެންކަން ކުރިއަށް ދިއުމަށް ކަން މިއަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯގެ ކުރިން މުޅި ދުނިޔެއަށް ހާމަކުރާނެ ކަމުގަ އެވެ.

ޕީއެސްޖީ ދޫކޮށް ދިއުމުގެ މަގުމަތީގައިވާ އެމްބާޕޭ ވަނީ ޕީއެސްޖީގައި ހޭދަކުރި 7 ސީޒަނުގައި އެކްލަބަށް 294 މެޗު ކުޅެ 250 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭ ވަނީ މިސީޒަން ނިމުމުން އެމްބާޕޭ މިހާރު އޭނާ ކުޅެމުން އަންނަ ކްލަބު ކަމުގައިވާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. ނަމަވެސް އޭނާ ދެން ކުޅޭނެ ވަކި ކްލަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމްބާޕޭ ދެން އަންނަ ސީޒަނަށް ސޮއި ކުރާނީ ކޮން ކްލަބަކަށްތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއި ކޮށްފި ކަމަށް ބައިވަރު ފަރާތްތަކުން ލަފާ ކުރަމުން އަންނަކަމުގައިވީ ނަމަވެސް އެކަމާ ބެހޭ ގޮތުން އަދި މިހާތަނަށް އެމްބާޕޭގެ ފަރާތުން އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި