Search Streamline Icon: https://streamlinehq.com

މިފަދަ ކަންކަމަށް ފަރުވާ ކުޑަ ނުކުރައްވާ

Hajju fenvaru

ސުންނަތް ނަމާދުތަކަށް ފަރުވާ ކުޑަ ކުރެވޭ ކޮންމެ ފަރާތަކަށް އެކަމަށް ފަރުވާކުޑަނުކުރުމަކީ އެމީހަކަށް ދެ ދުނިޔޭގެ ލާބަޔާއި މަންފާ ކުރާނޭ ކަމެކެވެ.

ވިސްނާ ލައްވާށެވެ. ހަމައެކަނި އެންމެ އަހަރެއްގެ ތެރޭގައި ރަވާތިބު ސުންނަތް ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤަކީ (4380) ރަކުޢަތެވެ. އަދި އަހަރެއްގެ ތެރޭގައި ވިތްރީގެ އެއް ރަކުޢަތް ކޮންމެ ރެއެއްގައި ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤަކީ (365) ރަކުޢަތެވެ. އަދި އަހަރެއްގެ ތެރޭގައި ޟުޙާ ނަމާދުގެ 2 ރަކުޢަތް ކޮންމެ ދުވަހަކު ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤަކީ (730) ރަކުޢަތެވެ. އެއްކޮށް ބަލާލާނަމަ، އަހަރެއްގެ ތެރޭގައި އެސުންނަތް ނަމާދުތަކަށް ފަރުވާ ކުޑަ ކުރެވުނު މީހަކާއި އެއާއި މެދު ރައްކާތެރިވި މީހެއްގެ ފަރަޤަކީ (5475) ރަކުޢަތެވެ.

ކިހާ ބޮޑު ތަފާތެއްތޯއެވެ.؟ އެއާއި މެދު އަހަރެމެންގެ ކަންނެތް ކަމުން ފަރުވާކުޑަ ކޮށްލައި ދޫކޮށްލެވެނީ ކިހާ ވެސް ބޮޑު ހެވެއްތޯއެވެ!

ހަނދުމަފުޅު ބަހައްޓަވާށެވެ.! އޭގެ ކޮންމެ ރަކުޢަތެއްގައި 2 ސަޖިދަ ވެއެވެ. އެހެނީ އެއީ ކޮންމެ ރަކުޢަތެއްގައި ވެސް ސުވަރުގޭގައި އުފުލިގެންދާނޭ 2 ދަރަޖައެވެ.

ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

”ތިބާގެ މައްޗަށް ގިނައިން ސަޖިދަ ކުރުން ހުއްޓެވެ! ފަހެ ތިބާ އެސަޖިދައެއް ކުރުމުގެ ސަބަބުން، ﷲ ތިބާގެ ދަރަޖައެއް މަތިވެރި ނުކުރައްވާ އަދި އޭގެ ސަބަބުން ފާފައެއް ނުފުއްސަވާ ސަޖިދައެއް ތިބާއަށް ނުކުރެވޭ ހުއްޓެވެ.“!

-ރިވާކުރެއްވީ މުސްލިމް-

އަދި ޤިޔާމަތް ދުވަހު އަޅާގެ ފަރްޟު ނަމާދުތަކުން އުނިވެ ގޮސްފައިވާ ބައި ސުންނަތް ނަމާދު ތަކުން ފޫބެއްދިގެން ދާނޭ ވާހަކަ ވެސް އއެކަލޭގެފާނު ﷺ އަހަރެމެންނަށް އަންގައިދެއްވިއެވެ.

ފަރުވާ ކުޑަ ނުކުރައްވާށެވެ! ވީ ވަރަކުން ސުންނަތް ނަމާދުތައް ކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި