ޔޫރޯ 2020ގެ މެޗްތައް ކޮންމެ ތަނެއްގައި ތިބެގެންވެސް ފަސޭހަކަމާއި އެކު އުރީދޫ ކަސްޓަމަރުންނަށް ހިތްހަމަޖެހިގެން ބަލައިލުމުގެ ފުރުޞަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެއް ކަމުގައިވާ ސޮނީ ލިވް އާއި ދެމެދު އެއްބަސްވެއްޖެ އެވެ.
އުރީދޫން ހާމަކުރެއްވި ގޮތުގައި އުރީދޫން ޔޯތޯއަށް މި ތައާރަފްކުރާ އާ ޕެކޭޖް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސްއާއި އައިފްލިކްސްއާއި ޓިކްޓޮކްއާއި ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ އެވެ.
އުރީދޫން ހާމަކުރެއްވި ގޮތުގައި އުރީދޫއާއި ސޮނީ ލިވްސް އާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަން އާއެކު މެޗުތައް ބަލައިލުމަށް 250 ރުފިޔާއަށް 20ޖީބީގެ ޑޭޓާ ލިބޭ ވަރަށް ޚާއްޞަ ޕެކޭޖެއް ވަނީ މިއަދު ތައާރަފްކޮށްފަ އެވެ.
“ޔޫރޯ 2020 ޕެކް“ގެ ނަމުގައި އުރީދޫން ތައާރަފްކުރި ޕެކް ބޭނުންކުރެވޭނީ 30 ދުވަހު އެވެ.
އުރީދޫން ހާމަކުރެއްވި ގޮތުގައި ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕަނެޓް 50އެމް އަދި 100އެމް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުޞަތު މުޅިން ހިލޭ ލިބިގެންދާނެ އެވެ.
އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅޭ ފަރާތްތަކަށާއި، އަލަށް ނަންގަވާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ އެވެ.
ސޯޝަލް މީޑިއާއަށް ޚާއްޞަ ކުރެވިފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ބެލޭނެ އިންތިޒާމުވެސް އުރީދޫން ވަނީ އިންތިޒާމުކުރައްވާފަ އެވެ.
”މި އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތުލީ، ސުޕަނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް 11 ޖޫން ދުވަހުން ފެށިގެން ސޮނީ ލިވްގެ ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭނެ“
ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ހިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، އެ ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލައިލެވޭނެ އެވެ.
ޔޫރޯ ޕެކް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތް ހޯދުމަށް އެދިލައްވާ ފަރާތްތަކުން http://ore.do/app އަށް ވަޑައިގަތުމުން ހުރިހައި ޚިދުމަތެއް ލިބޭނެ އިންތިޒާމެއް ވަނީ ހަމަޖެހިފައެވެ.













