Search Streamline Icon: https://streamlinehq.com

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ’އަމިއްލަ ޓީވީ‘ ޔޫރޯ 2020 ބަލައިލެވޭނެ

Dhiraagu

ޔޫއެފާ ޔޫރޯ 2020ގެ ހުރިހައި މެޗެއް ފަސޭހަކަމާއެކު ‘ދިރާގު އަމިއްލަ ޕޯސްޕެއިޑް’ ކަސްޓަމަރުންނަށް ‘އަމިއްލަ ޓީވީ’ އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ބަލާލެވޭނެކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން މި އަހަރުގެ ކުރީކޮޅު ތައާރަފުކުރި މި އާ ޕްލޭންއަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ޚާއްޞަ ކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭން އެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓް ކޮށްލެވޭނެއެވެ. މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ “ވެލިއު ޕްކެސް” އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ.

ވެލިއު ޕްކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްޞަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނައިފައިއެވެ.

ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދުނުމަށެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޮޝަނަލް އޮފަރ އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  https://bit.ly/3b5FxnV އަށް ޒިޔާރަތް ކޮށްލައްވާ

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި