އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް އެމަހެއްގެ ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުންކުރެވޭ ގޮތާއި އެކު މުޅިން އައު ޕްލޭންތަކެއް މިއަދު ތައާރަފް ކޮށްފިއެވެ.
އުރީދޫން މިއަދު އަލަށް ތައާރަފްކުރި މި ޚިދުމަތަކީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެންޖެހޭ ވަގުތު ގިނަވެފައި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއްހޯދައިދިނުމާއި އުރީދޫ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރި ޚިދުމަތެއްކަމަށް އުރީދޫމް މައުލޫމާތު ދެއްވައެވެ.
އުރީދޫން މިއަދު އަލަށް ތައާރަފްކުރި މި ޚިދުމަތާ އެކު އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ މަހެއް ނިމޭއިރު އެމަހެއްގެ ބާކީ ހުރި ޑޭޓާ އަނެއް މަހުގެ ޑޭޓާ އަށް އޮޓަމެޓިކުން އެޑްވެގެން ދާނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދަންބޭނުންވެލައްވާ ނަމަ ޕެކޭޖުގެ މުއްދަތު ހަމަވުމުގެ ކުރިން ޕެކޭޖު އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެކަމަށް އުރީދޫން މައުލޫމާތު ދެއްވަ އެވެ.
ޑޭޓާ ރޯލްއޯވަރގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާއި އެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ޚާއްޞަ އޮފަރއެއްގެ ދަށުން %20 އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެކަމަށް އުރީދޫން މައުލޫމާތު ދެއްވަ އެވެ.
އުރީދޫން އަލަށް ތައާރަފުކުރި ޕްލޭންތައް
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނައުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
”އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު، އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަޤްޞަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން.“ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވިދާޅުވިއެވެ.
ދާދި ފަހުންވެސް އުރީދޫން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާގެ ތެރެއަށް ރޯލްވާގޮތް ހަމަޖައްސަވައި ދެއްވާފަ އެވެ.














