Search Streamline Icon: https://streamlinehq.com

ނޫޑްލްސް ކެއުން އަވަހަށް ހުއްޓާލާ

Instant noodle on a fork
Advertisement

ނޫޑްލްސް އަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި އެންމެ ގިނައިން ކައި އުޅޭ އެއް ކާނާއެވެ. ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ ރަހަ މީރުކޮށް ކައްކާލެވޭ ނޫޑުލްސް އަކީ ގިނަ ބަޔަކަށް އެންމެ މީރު ކާނާ ވެސް މެއެވެ.

ނޫޑްލްސްއަކީ ދިވެހިންގެ ތެރޭގައި ހާއްސަކޮށް ޒުވާން ކުދިންގެ ތެރޭގައި ވަރަށް އާއްމު އެއްޗެކެވެ. ވަކިން ހާއްސަކޮށް ވަޒީފާ އަދާ ކުރާ މީހުން ވަރަށް ގިނައިން ކައި އުޅޭ އެއްޗެކެވެ. ތަފާތު ނޫޑްލްސްގެ ތެރެއިން ކަޕް ނޫޑްސްއަކީ ވަރަށް ގިނަ މީހުން ބޭނުންކުރެވޭ އެއްޗެކެވެ.

އެހެންނަމަވެސް ނޫޑްލްސްއަކީ ހަށިގަނޑަށް އެހާ ފައިދާހުރި އެއްޗެއް ނޫންކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އެގޮތުން މަސަކުސެޓްސް ޖެނެރަލް ހޮސްޕިޓަލް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ދައްކާ ގޮތުގައި ފިހާރަތަކުގައި ވިއްކަން ހުންނަ ނޫޑްލްސް ކާތާ އެތައް ގަޑިއިރެއް ފަހުން ވެސް ބަނޑުގައި ހަޖަމް ނުވެ ހުރެއެވެ.

އެމެރިކާ ގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހާމަކޮށްފައިވާ ގޮތުގައި އާންމުކޮށް ކޮންމެ ދުވަހަކު ހެން ނޫޑުލްސް ކާ ނަމަ ހަށިގަނޑުގައި ޓިއުމަރު އުފެދި ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.

މީގެ އިތުރުން ނޫޑްލްސް ގިނަދުވަހު ހަލާކުނުވެ ބެހެއްޓުމަށްޓަކައި އަޅާފައި ހުންނަނީ ސެންޓު އުފެއްދުމުގައި ބޭނުންކުރާ ބާވަތެއް ކަމަށްވާ ޓާޓިއަރީ-ބުޓީލް އެވެ. އޭގެ ސަބަބުން ނޫޑްލްސް ކެއުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ބާރުދެރަކޮށްލާ ކަމަށް ދިރާސާތަކުންވަނީ ދައްކާފައެވެ.

Advertisement

އަދި ހަމައެހެންމެ ދުންފަތުގެ އުފެއްދުންތަކުގައި ހުންނަ ކެމިކަލެއް ކަމުގައިވާ ޕްރޮޕްލީން ގްލައިކޯލް ނޫޑުލްސް ގައި އެކުލެވޭ ކަމަށް މާހިރުން ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި